Jump to content

މަތީ ތަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހި ބަހުން ތަލި މިބަސް ބޭނުންކުރާއިރު މަތީ ތަލި އަދި ތިރީ ތަލި ކިޔައި އުޅެއެވެ. މަތީ ތަލި އަކީ މަތީ ދަތްޕިލައިގެ ދެމެދުން އަނގައިގެ ފުރާޅު ގެ ގޮތުގައި އަނގަ ތެރެއިން މަތީގައި އިންނަ ބައެކެވެ.އަދި މިއީ އަނގަ އާއި، ނޭފަތުގެ މަގު ވަކިކޮށްދޭ ހުރަހެވެ. ތިރީ ތަލި އަކީ ދޫގެ ދަށުން އިންނަ ބައެވެ.

މަތީ ތަލި(އިނގިރޭސި ބަހުން: Palate) އަކީ އިގިރޭސި ބަހުން ބުނާނަމަ ޕަލޭޓް އެވެ. މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔަށް ކިޔަނީ ހާރޑް ޕަލޭޓް އެވެ. އެހެން ކަމުން މިބަޔަށް ހަރު ތަލި(އިނގިރޭސި ބަހުން: Hard Palate) ކިޔަމާ ހިގާށެވެ. އަދި މަތީ ތަލީގެ ފަހަތު ތިންބައިކުޅަ އެއްބަޔަށް ކިޔަނީ ސޮފްޓް ޕަލޭޓް އެވެ. އެހެންކަމުން މިބަޔަށް މަޑު ތަލި(އިނގިރޭސި ބަހުން: Soft Palate) ކިޔަމާ ހިގާށެވެ.


މަތީ ތަލީގެ ބައިތައް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހަރު ތަލި

ހަރު ތަލި(އިނގިރޭސި ބަހުން: Hard Palate) އަކީ މަތީ ތަލީގެ ކުރިމަތީ ގައި އިންނަ ހަރު ބަޔެކެވެ. މިއީ އަނގައިގެ ފުރާޅު ކަމުގައި ބެލެވިދާނެއެވެ. އަދި ދިވެހިން އާންމުކޮށް މަތީ ތަލި ކިޔަނީ ވެސް މިބަޔަށެވެ. އަދި ހަރު ތަލި އަކީ މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔެވެ.

ހަރު ތައްޔަކީ ކަށިން އުފެދިފައިވާ ބައެކެވެ. ހަރުތަލި އުފެދިފައިވަނީ ތަފާތު ދެކަށިގަނޑެއް ގުޅިގެންނެވެ. އެއީ މެކްސިލާ ކަށިގަނޑުގެ ޕަލަޓައިން ޕްރޮސެސް، އަދި ތަލި ކަށިގަނޑުގެ ހުރަސް ޕްލޭޓް އެވެ.

އާންމު ގޮތެއްގައި ބަލާއިރު ހަރު ތައްޔަކީ އަނގަޔާއި، ނޭފަތުގެ މަގު ވަކިކޮށްދޭ ހުރަހެކެވެ. ހަރު ތަލީގެ ފަހަތުން އިންނަ މަޑު ބަޔަކީ މަޑު ތަލި އެވެ.


 • ނޯޓް: މަތީ ތަލި އަކީ އިގިރޭސި ބަހުން ބުނާނަމަ ޕަލޭޓް އެވެ. މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔަށް ކިޔަނީ ހާރޑް ޕަލޭޓް އެވެ. އެހެން ކަމުން މިބަޔަށް ހަރު ތަލި ކިޔަމާ ހިގާށެވެ. އަދި މަތީ ތަލީގެ ފަހަތު ތިންބައިކުޅަ އެއްބަޔަށް ކިޔަނީ ސޮފްޓް ޕަލޭޓް އެވެ. އެހެންކަމުން މިބަޔަށް މަޑު ތަލި ކިޔަމާ ހިގާށެވެ.


މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަޑު ތަލި

މަޑު ތަލި(އިނގިރޭސި ބަހުން: Soft Palate) އަކީ މަތީ ތަލީގެ ފަހަތުގައި އިންނަ މަޑު ބައެކެވެ. ނުވަތަ ހަރު ތަލި ގެ ފަހުބައެވެ. ފައިބަރު އަދި މަހުން އުފެދިފައިވާ މަޑު މިބައި އިންނަނީ ހަރު ތަލީގެ ފަހަތު ބައިގައި ތަތްވެފައެެވެ. މާނައަކީ ހަރު ތަލީގެ ފަހު ބަޔާއި ގުޅިފައެވެ. އަދި މަޑު ތަލި އަކީ މަތީ ތަލީގެ ފަހަތު ތިންބައިކުޅަ އެއްބަޔެވެ. އެހެންކަމުން މަޑު ތަލި އިންނާނީ އަނގައިގެ އެތެރެއިން ފަހަތުން މަތީގައެވެ.


 • ނޯޓް: މަތީ ތަލި އަކީ އިގިރޭސި ބަހުން ބުނާނަމަ ޕަލޭޓް އެވެ. މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔަށް ކިޔަނީ ހާރޑް ޕަލޭޓް އެވެ. އެހެން ކަމުން މިބަޔަށް ހަރު ތަލި ކިޔަމާ ހިގާށެވެ. އަދި މަތީ ތަލީގެ ފަހަތު ތިންބައިކުޅަ އެއްބަޔަށް ކިޔަނީ ސޮފްޓް ޕަލޭޓް އެވެ. އެހެންކަމުން މިބަޔަށް މަޑު ތަލި ކިޔަމާ ހިގާށެވެ.


މަތީ ތަލީގެ މަސްތައް

[އުނިއިތުރު ގެންނަވާ]
 • ލެވޭޓަރ ވެލީ ޕަލަޓިނީ
 • ޓެންސަރ ވެލީ ޕަލަޓިނީ
 • މަސްކިޔުލަސް ޔޫވިޔުލާ
 • ޕަލަޓޯ ގްލޯސަސް
 • ޕަލަޓޯ ފެރިންޖިއަސް
 • ނޯޓް: މަތީ ތަލީގެ މަސްތައް ކަމުގައި ލިޔެވިފައިވަނީ މަޑު ތަލިގެ މަސްތަކެވެ. ސަބަބަކީ ހަރުތައްޔަކީ ކަށިން އުފެދިފައިވާ ބަޔަކަށް ވެފައި، އަދި މަޑު ތައްޔަކީ މަހުން އުފެދިފައިވާ ބަޔަކަށް ވުމެވެ. އަދި މަޑު ތައްޔަކީ މަތީ ތަލީގެ ފަހަތު ބައި ވެސް މެއެވެ.


މަތީ ތައްޔަށް ލޭފޯރުކޮށްދިނުން

[އުނިއިތުރު ގެންނަވާ]

މަތީ ތައްޔަށް ލޭފޯރުކޮށްދެނީ އަންނަނިވި ލޭހޮޅި ތަކުންނެވެ.

 • ޑިސެންޑިންގ ޕަލަޓައިން އާޓަރީ: މިއީ މެކްސިލަރީ އާޓަރީ އިން އައިސްފައިވާ ލޭނާރެކެވެ.
 • އެސެންޑިންގ ޕަލަޓައިން އާޓަރީ: މިއީ ފޭޝަލް އާޓަރީ އިން އައިސްފައިވަ ލޭނާރެކެވެ.

މަތީ ތަލީގެ ހަރަކާތްތައް ކޮންޓްރޯލްކުރާ ނާރުތައް މަތީ ތަލީގެ ހަރަކާތްތައް ކޮންޓްރޯލްކުރާ ނާރުތައް ތިރީގައި މިވަނީ އެވެ.

 • ގްރޭޓަރ ޕަލަޓައިން ނާރު:
 • ލެސަރ ޕަލަޓައިން ނާރު:
 • ނޭސޯ ޕަލަޓައިން ނާރު: