Jump to content

މަތަރެސްމާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މަތަރެސްމާ

މަތަރެސްމާ(އިނގިރޭސި ބަހުން: Zinnia)އަކީ އޭގެ ތަފާތު 20 ވައްތަރެއް އެކުލެވޭ މަލެކެވެ. މަތަރެސްމާ ފާހަގަ ކުރެވިގެންދަނީ އެމާ ތަފާތު އެތައް ކުލައަކަށް ހުންނާތީ އެވެ. އާންމު ގޮތެއްގައި މަތަރެސް މަލުގެ ހުންނަނީ އަލި މަޑު ކުލަތަކެވެ. މަތަރެސްމާ ގަހުގެ ފަތަކީ އޭގެ މެދުން ތަނޑެއް ހުރުމެއް ނެތި އުފެދިފައިވާ ފަތެކެވެ. ބަގީޗާ ތަކުގައި ޒީނަތަކަށް އެންމެ އާއްމު ކޮށް ހައްދައި އުޅޭ އެއްވައްތަރަކީ ވެސް މަތަރެސް މަލެވެ. މަތަރެސް މަލަކީ ކޮކާ ތައް ވަރަށްގިނައިން ޖައްސައި އުޅޭ މަލެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.