Jump to content

މަދޮށި

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަދޮށި (ސައިންޓިފިކް ނަން: Adenanthera pavonina) އަދި (އިނގިރޭސި ބަހުން: Red bead tree, coral wood, red sandalwood) އަކީ އާއްމު ގޮތެއްގައި ވަލުތެރޭގައި ހެދޭ ބިޔަ ގަހެކެވެ. ގަހުގެ ލަކުޑި ވަރުގަދައެވެ. 20 މީޓަރ އުސްކޮށް ހެދިފައި ހުރެއެވެ. މި ގަހުގައި ދިގު ތޮޅިއެއް އަޅައެވެ. އެ ތޮޅީގެ އެތެރޭގައި ގަދަ ރަތް ކުލައިގައި ހުންނަ އޮށްތަކަށް ކިޔަނީ "މަދޮށީ" އެވެ.


މި ގަހުގެ ލަކުޑި އޮޑިފަހަރު ބަނުމުގައި ބޭނުން ކުރެއެވެ. އަދި އެކިއެކި ފަރުނީޗަރު ހެދުމަށް ވެސް ބޭނުން ކުރެއެވެ. މަދޮށީގައި ވިހަ އެކުލެވުނު ކަމުގައިވިޔަސް ފިހެގެން ކައި އުޅެއެވެ. މި ގަހުގެ ޅަ ފަތަކީވެސް ކާން ބެނުންކުރާ ފަތެކެވެ. އޮށްވަޅުގޮނޑި އަދި ތިންހަމަ ކުޅުމަށް މަދޮށި ބޭނުންކުރެއެވެ. މުސްކުޅިން ބުނެއުޅޭ ގޮތުގައި އެވޭލާ ޒަމާނުގައި ރަން ކިރުމުގައި މިންގަނޑަކަށްވެސް މަދޮށި ބެނުންކުރިއެވެ. މަދޮއްޓެއްގެ ބަރުދަން ކަމުގައި ބަލަނީ 0.25 ގްރާމެވެ.

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]

"http://www.fao.org/docrep/010/ai387e/AI387E00.htm"