މައްސާގު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަތް މައްސާގު

މައްސާގު(އިނގިރޭސި ބަހުން: Cockscomb)(ސައިންޓިފިކް ނަން: Celosia)އަކީ ފަތްޕިލާވެލީގެ ތެރޭގައި ހިމެނޭ ކެއުމަށް ބޭނުންކުރާ ބާވަތެކެވެ. މައްސާގުގެ ދެވައްތަރެއް ހުރެއެވެ. އެއީ ހުދު މައްސާގު އަދި ރަތް މައްސާގު އެވެ. މައްސާގު ފަތް ބޭނުންކުރަނީ ފަތް މޮޑެގެންނާއި، ބަތްފަދަ ތަކެއްޗާއި އެކުގައެވެ. މައްސާގު ގަހުގައި މާ އަޅައެވެ. އެގޮތުން ރަތް މައްސާގު ގައި ރަތް ކުލައިގެ މާގަނޑު އަޅާއިރު، ހުދު މައްސާގު ގައި ހުންނާނީ ފެހި ނުވަތަ ހުދުކުލައިގެ މާގަނޑެކެވެ. މައްސާގު އަކީ ދުނިޔޭގެ ވަރަށް ގިނަ ހިސާބު ތަކުގައި ހެދޭ ފަތެކެވެ. މައްސާގު އެންމެ ގިނައިން ހައްދާ އެއްގައުމުގެ ގޮތުގައި ފާހަގަ ކުރެވެނީ ނައިޖީރިޔާ އެވެ. މައްސާގުގެ އާއިލާގެ އެހެން ބައެއް ވައްތަރުތައް ހުރެއެވެ.