މައިސާ ފަތުހުﷲ އިސްމާއީލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

މައިސާ ފަތުހުﷲ އިސްމާޢީލް އަކީ ދިވެހި ބެޑްމިންޓަން ކުޅުންތެރި އެކެވެ. ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަން 2016 ވަނަ އަހަރު މައިސާ ވަނީ ހޯދާފައެވެ. 2016 ވަނަ އަހަރު ހޯދި ކާމިޔާބީއާ އެކު އުމުރުން 17 އަހަރުގެ މައިސާ ވެފައިވަނީ ބެޑްމިންޓަން އަންހެން ސިންގަލްސް ގައުމީ ތަށި އުފުލާލި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-19، 15-21 އަދި 21-16 އިންނެވެ. މައިސާގެ ބައްޕަ އަކީ ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޮ) އެވެ. ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް 2016 ވަނަ އަހަރު މައިސާ ހޯދާފައި ވެއެވެ. މައިސާ އަކީ 2015 އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ލޯ މެޑަލް ހޯދި އަންހެން ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔެކެވެ.