މައިދާގެ ކެންސަރު
Appearance
މައިދާގެ ކެންސަރު (އިނގިރޭސި ބަހުން: Stomach Cancer)ޖެހޭތާ ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ ކުރެވިއްޖެނަމަ ވަރަށް ގިނަ ފަހަރު ބަލި ފަސޭހަ ވެއެވެ.
ސަބަބު
[އުނިއިތުރު ގެންނަވާ]ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް ރޯމަސް ވަޅޯކޮށް ދިލަޖައްސައިގެން ކެއުމަކީ ކެންސަރު ޖެހުމާމެދު ޝައްކުކުރެވޭ ކަމެކެވެ.
އަލާމާތްތައް
[އުނިއިތުރު ގެންނަވާ]- ބަނޑަށް އުދަގޫވުން
- ކެއުމާއި ގުޅިގެން މާބޮޑަށް ފުރިފައި ހުންނަގޮތްވުން
- މޭނުބައިކުރުމާއެކު ކާހިތްނުވުން
- މެއިން ދިލަނެގުން
މައިދާގައި ކެންސަރު އުފެދުމުން މައިދާގައި ފާރު އުފެދުމުން ކުރެވޭ ކަހަލަ އިހްސާސްތަކެއް ކުރުވައެވެ. އަދި ކެންސަރުގެ އަސަރުތައް މައިދާގެ ބޮޑު ބަޔަކަށް ފެތުރިއްޖެނަމަ، އިތުރު އުދަގޫތަކާއި ކުރިމަތި ވެއެވެ. އޭގެ ތެރޭގައި:-
- ބަނޑުގެ މަތީބަޔާއި، މެދުތެރެއަށް ތަދުވެ، އުދަނގޫތައް ބޮޑުވުން
- ބޮޑުކަމުދާ ނަޖިހުގެ ކުލަ ކަޅުވުން : މިގޮތަށް ދިމާވަނީ މައިދާގެ ތެރެއަށް ލޭއައިސް ބޭރުނުވެ ގިނައިރު އެތެރޭގައި ހުންނަގޮތްވުމުންނެވެ.
- ބަރުދަން ލުއިވުން
- ކެއުމަށްފަހު ބަނޑުގައި ރިހުން އަދި ބަނޑުގައި ވައިހެދުން
- ވަރުދެރަވުމާއި ވަރުބަލިވުން: މިއީ ލޭމަދުވުމުން ދިމާވާ ކަމެކެވެ.
ފުރުޞަތު ބޮޑުމީހުން
[އުނިއިތުރު ގެންނަވާ]- މައިދާގައި ހެލިކޮބެކްޓަރ ޕައިލޯރީ ކިޔާ ޖަރާސީމް އުފެދިފައިވުން
- މައިދާގައި ފާރު އުފެދިފައިވާ މީހުން
- ލޭގެ ވިޓަމިން ބީ12ގެ މާއްދާ މަދުވުން
ފަރުވާ
[އުނިއިތުރު ގެންނަވާ]- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005