މައިދާން

ވިކިޕީޑިއާ އިންވިކިޕީޑިއާ

މައިދާން މިބަހަކީ ދިވެހި ބަހުގައި ވަރަށް ގިނަ ކަންކަމާއި ގުޅުވައިގެން ބަހުގެ މުއްސަދިކަން އިތުރުކުރުމަށް ބޭނުން ކުރާ ބަހެކެވެ. މައިދާނުގެ މާނަޔަކީ ހާމަޔަށް އޮންނަ ތަނަވަސް ބިމެވެ. ނުވަތަ ވަކި ހާއްސަ ކަމަކާއި ގުޅިގެން މީހުން ނިކުމުއުޅޭ ތަނެވެ. އަދި މިބަހަކީ މަޖާޒު ބަހެއްގެ ގޮތުގައި ވަކި ހާއްސަ ރޮގަކަށް ވެސް ބޭނުން ކުރެވޭ ބަހެއްވެސް މެއެވެ.


މައިދާން މިބަސް ބޭނުން ކުރެވޭ މައިގަޑު ގޮތްތައް

1- ނަން: މިސާލު: މިރަށުގައި ހާދަހާ ބޮޑު މައިދާނެއް އޮވެއެވެ.

2- މަޖާޒު: މިސާލު: ކުޅީވަރުގެ މައިދާނުގައި އޭނާ ހާދަމޮޅެވެ. ތައުލީމީ މައިދާނުގައި މިސުކޫލަކީ ވަނަތަކެއް ހޯދާ ސުކޫލެކެވެ.

3- ހާއްސަ ނަން: ހަގުރާމައިގެ މައިދާން ވަރަށް ނާޒުކުވެއްޖެއެވެ.


udeylia 07:05, 25 މެއި 2010 (UTC)