މަނި ގޮށް
Jump to navigation
Jump to search
މަނި ގޮށް (އިނގިރޭސި ބަހުން: Seminal vesicle)އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަސާނާގެ ފުރަގަހުން ތިރީގައި ފުރަގަސް ފަރާތާއި މަސާނާއި ދެމެދު އިންނަ ދެގްލޭންޑް އެވެ. 5ސެންޓިމީޓަރުގެ ދިގުމިން ހުންނަ މިގްލޭންޑް އިން މަނި ދިޔައިގެ 70 އިންސައްތަ ދޫކުރެއެވެ. މިގޮތުން ދޫކުރާ ނުވަތަ ބޭރުކުރާ ދިޔައިގެ ތެރޭގައި ޕްރޮޓީންތައް، އެންޒައިމްތައް، ފްރަކްޓޯޒް، ދަވަ، ވިޓަމިންސީ، ފްލެވިން، އަދި ޕްރޮސްޓަގްލަންޑިން ފަދަ މާއްދާތައް ހިމެނެއެވެ.