މަނި ހޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަނި ހޮޅި (އިނގިރޭސި ބަހުން: Vas deferens)އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަނި ދައުރުކޮށްދޭ މަގެކެވެ. ކޮންމެ ފިރިހެނެއްގެ ނަސްލު އުފައްދާ ނިޒާމްގައި މިފަދަ ދެ މަނިހޮޅި ވެއެވެ. ވަށައިގެން މަޑުމަހުގެ ފަށަލައެއް ލެވިފައިވާ މިހޮޅި އަކީ ކަނާތް ފަރާތު އަދި ވާތް ފަރާތުގައިވާ މަނި ހޮޅީގެ ފެށޭބައި(Epididymis) އިޖެކިއުލޭޓަރީ ޑަކްޓް އާއި ގުޅުވައިދޭ މަގެވެ. މާނައަކީ މަނި ހޮޅީގެ ފެށޭ ހިސާބުން ފެށިގެން ގޮސް އިޖެކިއުލޭޓަރީ ޑަކްޓް އާއި ހަމައަށް މަނި ގެންގޮސްދޭ ހޮޅިއެވެ. މަނިހޮޅީގެ ދިގުމިނުގައި ގާތްގަނޑަކަށް 30 ސެންޓިމީޓަރު ހުރެއެވެ.