މަނިބޭރުކޮށްލުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަނިބޭރުކޮށްލުން(ejaculation) ނުވަތަ މަނިބޭރުވުމަކީ ޖިންސީއެދުންވެރިކަން ފުއްދުމުގެ ތެރޭގައި ކުންނާއި ހަމައަށް ވާޞިލްވުމުން، ހަށިގަނޑުން މަނިބޭރުވުމެވެ. ޖިންސީ އެދުންވެރިކަން އައިސް، ޖިންސީ ގޮތުން މީހާ ހިލިގަނެ، ޖިންސީ އެދުންވެރިކަން އައުމުން، ޖިންސީ ޚިޔާލުތަކާއި ފިކުރުތައް ކުރުން، ޖިންސީ ގުނަވަނުގައި ބީހި ކުޅެހެދުމުން، ޒަކަރުގައި ހުންނަ ނާރުތަކުން ސްޕައިނަލް ކޯޑު އަދި ސިކުނޑިއަށް ކެމިކަލް މެސެޖުތައް ފޮނުވާނެ އެވެ. އަދި ސިކުނޑިން ވެސް ސްޕައިނަލް ކޯޑު މެދުވެރިކޮށް މިފަދަ މެސެޖުތައް އަނބުރާ ޒަކަރަށް ފޮނުވާނެއެވެ. މިހެން ވުމުން މަނިބޭރުވުން ކުރިމަތިވުމަށް މަގުފަހި ކުރުވައެވެ. ނުވަތަ މަނިބޭރުވުން ކުރިމަތި ކުރުވައެވެ. މަނިބޭރުވުން މައިގަނޑު ގޮތެއްގައި ކޮންޓްރޯލްކުރަނީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ "މަރުކަޒީ ނާރުތަކުގެ ނިޒާމް"(CNS) އިންނެވެ.