Jump to content

މަނަދޫ އަޙްމަދު ޝުޖާޢު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަޙްމަދު ފުރަތަމަ ވަޒީފާ އަދާކުރީ ޓީޗަރެއްގެ ގޮތުގައެވެ. އޯލެވެލް ނިންމުމަށްފަހު ނ. އަތޮޅު މަދަރުސާގައި 2 އަހަރު ދުވަހު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އެދުވަސްވަރުވެސް އެއީ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުގެ ހިންގުންތެރިންގެ ލޯބި ހޯދާފައިވާ މުރާލި މުދައްރިސެކެވެ. އަމިއްލަ އުފަންރަށުގައި ރަށަށް ޚިދުމަތް ކުރެއްވުމުގައި ހުންނެވުމަށްފަހު ޤައުމީ ޚިދުމަތުގެ އެންމެ ކުރީ ސަފަށް ނިކުމެވަޑައިގެންނެވިއެވެ. ސިފައިންގެ ޔުނީފޯމްގައި ތަފާތު ތަމްރީނުތައް ފުރިހަމަ ކުރެއްވިއެވެ. އަޙްމަދު ޝުޖާޢު ސިފައިންގޭގައި މަސައްކަތް ކުރެއްވީ ސެކިޔުރިޓީ ޑިވިޜަންގައެވެ. ދިވެހި ފުލުހުންނާއި ސިފައިން ވަކިވެ ދެ މުއައްސަސާއަކަށް ބަދަލުވެގެން ދިޔައިރު އަހްމަދު ޝުޖާޢުހުރީ ދިވެހި ފުލުހުންގެ ތެރޭގައެވެ. ހަތަރު ވަރަކަށް އަހަރު ޚިދުމަތްތެރި ފުލުހެއްގެ ގޮތުގައި މޮބް ކޮންޓްރޯލިންގ ސްކޮޑެއްގައި މަސައްކަތް ކޮށްފައިވެއެވެ. ރާއްޖެއަށް އައި ސިޔާސީ އަދި އިޖްތިމާޢީ ބަދަލުތަކާއިއެކު އިޖްތިމާޢީ ފޭރާން ހަލާކުވިޔަ ނުދީ ދަމަހައްޓާ ނެގެހެއްޓުމަށް އެދުވަސްވަރު އަޙްމަދު ޝުޖާޢު ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފު ޙައްޤެވެ. ފުލުހުންގެ ތެރެއަށް އަލަށްވެއްދި ކުދިން ތަމްރީނު ކުރުމުގައި އެކުދިންނަށް ޕަބްލިކް އޯޑަރ ކިޔަވައިދެއްވީ އޭނާއެވެ. އަދި ދިވެހި ފުލުހުންގެ ތާރީޚުގައި ހިންގި ފުރަތަމަ ފިޒިކަލް އިންސްޓްރެކްޓަރ ކޯހުން ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީވެސް އޭނާއެވެ.


އަޙްމަދު ޝުޖާޢު ރާއްޖެއިން ބޭރުން ޑީގްރީ ހާސިލު ކުރުމަށްފަހު ޕޮލިސް އެކަޑަމީގެ ދަށުން މުޅިން އަލަށް ހިންގަންފެށި ޕްރޮޖެކްޓެއް ކަމަށްވާ " ކަރެކްޝަނަލް ޓްރޭނިންގ ސެންޓަރ ފޯރ ޗިލްރަންސް" ގައި ތިބޭ ކުދިންނަށް މަސައްކަތްތެރިކަމުގެ ފަންނުވެރިކަމުގެ ގިނަ ކޯސްތަކެއް ހޯދައިދީ ހިންގަންފަށާފައިވެއެވެ. " ކަރެކްޝަނަލް ޓްރޭނިންގ ސެންޓަރ ފޯރ ޗިލްރަންސް" ގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުން ހޭދަކުރި ހައެއްކަ މަސްދުވަހުގެ ތެރޭގައި ތަފާތު އެކިއެކި ކޯސްތައް ހިންގުމަށް އެކިއެކި ފަރާތްތަކުން ގިނަގުނަ ފައިސާގެ އެހީތައް ހޯދައިދީފައިވެއެވެ. އަދި ކުދިންނަށް އަމާޒުކޮށްގެން ހިންގުނު ގިނަގުނަ ކޯސްތަކުގެ އެދެވޭ ނަތީޖާއެއްގެ ގޮތުން ކުދިންނަށް ވަރަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އޭގެ ތެރެއިން ބައެއްކުދިން މުޖްތަމަޢަށް އަބުރާ ގެނެސްފައިވެއެވެ.