މަހި މުގުރާން

ވިކިޕީޑިއާ އިންވިކިޕީޑިއާ
މަހި މުގުރާން

މަހި މުގުރާން (ސައިންޓިފިކް ނަން: Caesio xanthonota)ނުވަތަ (އިނގިރޭސި ބަހުން: Yellowback fusilier)އަކީ ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ އެމުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މުގުރާންގެ ބާވަތްތަކުގެ މިއީ ގިނައިން ފަރުފަރާއި ހާހަލުގެ ބޭރުގައި އުޅޭ ބާވަތެކެވެ.

މަހުގެ ބޮލުގެ މަތީގެ ބައްޓަމުގައި ކުޑަ ލެބުމެއް ހުރެއެވެ. މަހުގެ ކަންފަތްގަނޑު ބޮލަށްވުރެ ކުޑަ ތަންކޮޅެއް ދިގުވާނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ފުރަތަމަކަށި ކުރުވާނެއެވެ. އަދި 3 ވަނަ ކަށި އެހެން ކަށިތަކަށްވުރެ ދިގުވާނެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ރީނދޫ ކުލައެވެ. އާންމުކޮށް މަހުގެ އަރިމަތީގެ ކުލައަކީ ނޫކުލައެވެ. ބަނޑުދޮށް ފަރާތުގެ ކުލައަކީ މަޑު ފިޔާތޮށި ކުލައެވެ. ނިގޫފަތުގެ ކޮޅުގައި މިއާއިލާގެ އެހެން މަސްތަކުގައި ހުންނަހެން ކަޅު ލަފެއް އަދި ނަގުލުގެ ދެކަފިވާތާގައި ކަޅު ދެރޮނގެއް ނުހުރެއެވެ. ނިގުލުގެ ކުލައަކީ ރީނދޫ ކުލައެވެ.