Jump to content

ވެލި ފާނަ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ވެލި ފާނަ

ވެލި ފާނަ (ސައިންޓިފިކް ނަން: Cephalopholis sonnerati)ނުވަތަ (އިނގިރޭސި ބަހުން: Tomato hind) އަކީ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ގިނަ ފާނަ ތަކަށްވުރެ ތަންކޮޅެއް ފުނުގައި އުޅޭ ފާނަ އެކެވެ. މިމަސް ގިނައިން އުޅެނީ 30 މީޓަރަށްވުރެ ފުނުގައެވެ. ވުމާއެކު ފީނުންތެރިންނަށް ވެސް މިމަސް ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް ނަނު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. މަހުގެ ބޮލުން ލޮލާއި ދިމާލުން ވަރަށް ބޮޑަށް އަޑިވެފައި ހުރެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 9ކައްޓާއި، 13 މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 9 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަކީ ނާރިނގު ނުވަތަ އޮރެންޖް ކުލައަކަށްދާ ރަތް ކުލައެކެވެ. ހުދުކުލައިގެ ކުދިކުދި ތިކިތަކެއް މަހުގައި ފަނޑުގޮތަކަށް ހުރެއެވެ. ބޮލުގައި ހުންނަނީ ވައިލެޓް ކުލައެކެވެ. އަދި ނާރިނގު ކުލައިގެ ކުދި ތިކިތަކެއް ވެސް ބޮލުގައި ހުރެއެވެ. ކޮތަރިބައިގެ ކުލައަކީ ރަތްކުލަ އެވެ.