ވިލާ ޓީވީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ވިލާ ޓީވީގެ ލޯގޯ

ވިލާ ޓީވީ އަކީ ވިލާ ގުރޫޕްގެ ސަބްކުންފުންޏެއް ކަމުގައިވާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީގެ ފަރާތުން ހިންގާ ޕްރައިވެޓް ޓީވީ ޗެނަލް އެކެވެ. ވިލާ ޓީވީ އަކީ ދިވެހިރާއްޖޭގައި 3 ވަނަ އަށް ބްރޯޑްކާސްޓް ކުރަންފެށި ޓީވީ ޗެނަލް އެވެ. ވިލާ ޓީވީ އިފްތިތާޙްކޮށްފައިވަނީ 5 ސެޕްޓެމްބަރު 2008 ވީ ހުކުރު ދުވަހުގެ ރޭ 8.00 ގައެވެ. ވިލާ ޓީވީ އިފްތިތާޙްކޮށްދެއްވީ އޭރުގެ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ލީގަލް ރިފޯމް އަލްއުސްތާޛު މުޙައްމަދު ނަޝީދު އެވެ. ވިލާ ޓީވީ ފަށައިގަތް އިރު ބްރޯޑްކާސްޓް ކޮށްފައިވަނީ ރޭގަނޑު 8-12 އަށެވެ.

ވިލާ ޓީވީގެ މައި ސްޓޭޝަން ގާއިމްކޮށްފައިވަނީ ކ.ތިލަފުށީގައެވެ. އަދި ވިލާ ޓީވީގެ ދެ ސްޓޫޑިއޯ އެއް ވެރިރަށް މާލޭގައި ތައްޔާރުކޮށްފައި ވެއެވެ. ވިލާ ޓީވީ އިން ފަށައިގަތް އިރު ފޮނުވަމުންދިޔަ ޕްރޮގްރާމް ތަކުގެ ތެރޭގައި، ޚަބަރު، މަޢުލޫމާތު، ސިޔާސީ، ދީނީ، އަދި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.