ވިލާ ގޭސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިލާ ގޭސް އަކީ އާންމުން ކެއްކުމަށް ބޭނުންވާ ގޭސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ވިލާ ގުރޫޕްގެ ފަރާތުން އުފެއްދެވި ކުންފުންޏެކެވެ. މިގޮތުން މިކުންފުނީގެ ފަރާތުން ގޭސް ރައްކާކުރާނެ 3 ހޯރޓަން ސްފެއަރ އާއި، ފުޅީގައި ގޭސް ބަންދުކުރާނެ ޕްލާންޓެއްވަނީ ކ.ތިލަފުށީގައި ގާއިމް ކޮށްފައިވެއެވެ. އަދި މިތަނުން ގަޑިއިރަކު 12 ކިލޯގެ 300 ފުޅި ގޭސް ބަންދު ކުރެވެއެވެ. ވިލާ ގޭސް ގެ ފަރާތުން 10 ކިލޯ، 22 ކިލޯ، އަދި 40 ކިލޯގެ ގޭސް ފުޅި ތައް ދިވެހިރާއްޖޭގެ ބާޒާރަށް ވިއްކަން ނެރެފައި ހުރެއެވެ. ވިލާ ގޭސް އަކީ ދިވެހިރާއްޖޭގައި ކައްކާ ގޭސް ވިއްކުމުގެ ޚިދުމަތްދޭ މައިގަނޑު އެއްކުންފުންޏެވެ.