ވިލާ ފައުންޑޭޝަން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިލާ ފައުންޑޭޝަން އަކީ ވިލާ ގުރޫޕުގެ ފަރާތުން ހިންގާ ޗެރިޓީ އޯގަނައިޒޭޝަން އެވެ. ވިލާ ފައުންޑޭޝަން ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 19 ފެބުރުއަރީ 2003 ގައެވެ. މިއީ ވިލާގެ ފަރާތުން ވިލާ ގުރޫޕުގެ ޗެއަރޕާސަން އާންމު ފަރުދުންނަށް ދެއްވާ އެހީތައް، ދެއްވުމާއި، އަދި ތަފާތު ސްކޮލަރޝިޕްތަކަށް ކުދިން ހޮވައި ބޭރު ގައުމުތަކަށާއި، ރާއްޖޭގައި ތިބެގެން އެކި ފެންވަރުގެ ތައުލީމު ޙާޞިލްކުރުމަށް މަގުފަހިކޮށް އެހީތެރިވެދޭ އޯގަނައިޒޭޝަން އެކެވެ.

ވިލާ ފައުންޑޭޝަން ގެ ވެސް ބާނީ އަކީ ވިލާ ގުރޫޕަށް ނިސްބަތްވާ އެހެން ކުންފުނިތަކުގެ ވެރިފަރާތް ކަމުގައިވާ އަލްފާޟިލް ޤާސިމް އިބްރާހީމް މ. މާފަންނުވިލާ އެވެ. މީގެ އިތުރުން ޞިއްޙީ، އަދި ޖަމާޢީ ތަރައްގީގެ މަޝްރޫޢުތަކަށް ވިލާ ފައުންޑޭޝަން އިން ހޭދަކުރަމުން ގެންދެއެވެ. ވިލާ ފައުންޑޭޝަން ގެ ފަރާތުން ފުރަތަމަ ސްކޮލަރޝިޕް ދިނުމުގެ ހަފްލާ ބާއްވާފައިވަނީ 2 މާރޗް 2003 ގައެވެ.