ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު/2011
< ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު
މާރޗް 2011[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ދިވެހިން މިހައިތަނަށް ދުށް އެންމެ ބޮޑު، އެންމެ ޚިދުމަތްތެރި އަދީބެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. އެކި މައުޟޫޢުތަކަށް ހައްދަވާފައިވާ ގިނަގުނަ ޅެންތަކެވެ. މީގެ ތެރެއިން ވަރަށް ގިނަ ޅެން، "އަންޖުމަން އަމީން" ގެ ފަރާތުން ނެރުއްވި "ފަތިހުގެ ތަރި" މި ނަން ކިޔާ ފޮތުގެ އެއްވަނަ ބަޔާއި ދެވަނަ ބައިގައި ވެއެވެ. ފުރަތަމަ ބައި 1959 މ. ވަނަ އަހަރު، ދެވަނަ ބައި 1960 މ. ވަނަ އަހަރު ޗާޕުވެ ޝާއިޢުވެފައިވެއެވެ. އަދި އިތުރަށް...
އޭޕްރިލް 2011[އުނިއިތުރު ގެންނަވާ]2011 ވަނަ އަހަރު އޭޕްރީލް މަހު ގައި ވެސް ހޮވާލެވިފައިވާ މަޒުމޫނަކަށްވީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން އެވެ.
ޖުލައި 2011[އުނިއިތުރު ގެންނަވާ]އިންސާނުންގެ ހަށިގަނޑުގައިވާ ނޭވާލާ ނިޒާމް ބިނާވެގެންވަނީ ފުއްޕާމޭ، ވައިބޭރުވާ މަގުތައް، އަދި ނޭވާލުމުގައި ބައިވެރިވާ މަސްތަކުގެ މައްޗަށެވެ. މިހުރިހާ ބައިތައް ގުޅިގެން ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް ސާފުވައި ނުވަތަ އޮކްސިޖަން ވެއްދުމާއި، ހަށިގަނޑުން ނުސާފުވައި ނުވަތަ ކާބަންޑައި އޮކްސައިޑް ބޭރުކުރުމުގައި ބައިވެރިވެއެވެ. ފުއްޕާމޭ ގެ ތެރޭގައި ކުދި ވައިކޮތަޅުތަކުގެ ނިޒާމްގެ ތެރޭގައި އޮކްސިޖަން އާއި ކާބަންޑައި އޮކްސައިޑް ލެޔާއި، ފުއްޕާމޭގައި ހިމެނޭ ގޭސް ނުވަތަ ވައި އެކުލެވޭ މާހައުލާއި ދެމެދު ޑިފިއުޝަން(Diffusion) ގެ އެހީގައި ބަދަލު ބަދަލުވެ ހުރެއެވެ. ލޭގެ ތެރޭގައި ހުންނަ ކާބަންޑައި އޮކްސައިޑް ފަދަ ވިހަ ގޭސްތައް ވަކިކޮށް ބޭރުކުރުމަށް ނޭވާލާ ނިޒާމް އެހީތެރިވެދެއެވެ. ހަމަ މިހެން ހަށިގަނޑު ގެ އެކި ހިސާބުތަކުން ހިތަށް އައިސް ހިތުން ފުއްޕާމެޔަށް ފޮނުވާލޭ އޮކްސިޖަން-މުއްސަދި ލެޔަކަށް ހެދުމަށް ފުއްޕާމޭ އެހީތެރިވެދެއެވެ. ހަމަ މިހެން ލެއިން ކުރިންވެސް ބުނިހެން ކާބަންޑައި އޮކްސައިޑް ވަކިކޮށް ބޭރުކުރުމަކީ ހަށިގަނޑުގައި ހިމެނޭ އެސިޑް-ބޭސް ގެ ހަމަހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި އިތުރަށް... |