ވިހަ ގިގުނި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ވިހަ ގިގުނި

ވިހަ ގިގުނި(ސައިންޓިފިކް ނަން: Crotalaria juncea)ނުވަތަ (އިނގިރޭސި ބަހުން: Sun hemp) އަކީ ފަތްޕިލާ ވެލީގެ ތެރޭގައި ހިމެނޭ ކުޑަވަރެއްގެ ގަހެކެވެ. ވިހަ ގިގުނި ގަހުގައި އޅާ ހިކި ތޮޅި ތެޅުވީމާ ގިގުންޏެއް ފަދައިން ތޮށިގަނޑުގެ ތެރޭން އޮށްތައް ތެޅޭއަޑު އިވޭނެއެވެ. މީގެ ދެވައްތަރެއް ހުރެއެވެ. ވިހަ ގިގުނި ގަހުގެ ފަތްތައް ހުންނަނީ ދިގުކޮށެވެ. އަދި މިގަހުގައި އަޅާ މާ ހުންނަނީ ރީނދޫ ކުލައިގައެވެ. ވިހަ ގިގުނި އާންމުކޮށް ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ ހޫނު ހިސާބު ތަކުގައެވެ. ޚާއްޞަކޮށް އޭޝިޔާ ގެ ގައުމުތަކުގައެވެ. ވަރަށް ގިނަ ޖަނަވާރުތަކަށް ކާނާގެ ގޮތުގައި ދޭ ފަތަކަށް ވިހަ ގިގުނީގެ ފަތް ބޭނުން ކުރެއެވެ. މީގެ އިތުރުން ގަސް ކާނާ ފަދަތަކެތި ހެދުމުގައި ވެސް މިވައްތަރުގެ ފަތް ބޭނުންކުރާ ކަމަށް ވެއެވެ.