ވައިގުގޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ވައިގުގޫ

ވައިގުގޫ(ސައިންޓިފިކް ނަން: Frankincense tree)ނުވަތަ (އިނގިރޭސި ބަހުން: Boswellia sacra) އަކީ ވައިގުގޫ ކިރު އުފައްދާ ގަހެވެ. މިގަހުން އުފެދޭ ކިރަށް ވެސް ކިޔަނީ ހަމަ ވައިގުގޫ އެވެ. ވައިގުގޫ ހުންނަނީ ހިއްކައިފައެވެ. މިއީ ދުން އަޅާށާއި ބޭހަށް ގެންގުޅޭ އެއްޗެކެވެ. މީގެ ދެބާވަތެއް ހުރެއެވެ. އެއީ ބިސް ވައިގުގޫ އަދި ވައިގުގޫ އެވެ. ވައިގުގޫ އަށް އިގިރޭސިން ކިޔަނީ (އިނގިރޭސި ބަހުން: Frankincense) އެވެ. ވައިގުގޫ ކިރު އުފައްދާ ގަހަށް ކިޔަނީ (އިނގިރޭސި ބަހުން: Boswellia sacra) އެވެ. ދިވެހި ބޭހުގެ ތެރޭގައި ވެސް ވައިގުގޫ ބޭނުންކޮށް އުޅޭއެވެ. އެންމެ އާންމުކޮށް ބޭނުންކުރަނީ ވައިގުގޫ ކަފަގަނޑު އެޅުމަށެވެ. މިއީ މުރަނގަފަތު ދިޔައިގައި ވައިގުގޫ ގާނައި އޮލަވީމާ އެއިން ތެންމައިގެން ހަދާ ތަދުވިތާ ކަފަގަނޑެކެވެ. އަދި މިއީ މުލިހި ފަދަ ތަންތާގައިވެސް އަޅާ ބޭހެކެވެ.