ވައިލުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވައިލުމޭ ބުނެވެނީ ހަޖަމުކުރާ ނިޒާމްގައި ހުރި ވައި އަނގައިން ބޭރުކުރުމަށް ނިސްބަތްކޮށެވެ. ވައިލެވޭއިރު ޢާއްމު ގޮތެއްގައި އަޑެއް އުފެދެއެވެ. އަދި ބައެއް ފަަހަރު ނުބައި ވަސް ވެސް ދުވައެވެ.

މާ އަވަހަށް ބުއިން ނުވަތަ ކެއުމަކީ ވައިލެވޭގޮތް ވާކަމެކެވެ. ނުވަތަ ނުހަފައި ކެއުމުންނެވެ. ވައި ލެވޭއިރު ބޭރުވާ ވައިގައި އެކުލެވިގެންވަނީ އޮކްސިޖަން އާއި ނައިޓްރޯޖަން އެވެ. ބިއަރު ކޮކާކޯލާ ފަދަ ބުއިންތައް ބުއިމުން ވެސް އަނގައިން ވައިލެވޭގޮތް ވެއެވެ. މިފަަދަ އެއްޗެއް ބުއިމުން ބޭރުވާ ވައިގައި އެކުލެވޭނީ ކާބަން ޑައި އޮކްސައިޑް އެވެ. އެއީ އެބުއިމުގެ ތެރޭގައި ހަށިގަނޑަށް ވާޞިލްވާ މާއްދާއެކެވެ. ބައެއް ފަަހަރު ގަސްޓްރޯ-އީސަފޭޖަލް ރިފްލެކްސް ޑިޒީޒް ކިޔާ ބައްޔެއްގެ ސަަބަބުން ވެސް އަނގައިން ވައިލުން ކުރިމަތި ކުރުވައެވެ.

އަނގައިން ވައިލެވޭ ހިނދު އަނޑެއް އުފެދެނީ ކާތަކެތި ހިގާހޮޅި ނުވަތަ އީސަފޭޖަސް ނިމޭ ހިސާބުގައި އީސަފޭޖަލް ސްފިންކްޓަރ ހުރަސްކޮށް ވައިދަތުރު ކުރާ ވަގުތު އެސްފިންކްޓަރ ވައިބްރޭޓް ވެގެންދާތީއެވެ.