އޯޒޯން ފަށަލަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

އޯޒޯން ފަށަލަ އެކުލެވިގެންވާ އޯޒޯން ގޭހަކީ އޮކްސިޖަން ގެ ބާވަތެކެވެ. އޯޒޯން ފަށަލަ ވަނީ ބިމުން ފެށިގެން 10ން 30 މޭލުގެ އުހުގައިވާ ސްޓްރެޓަސްފެއަރ އޭ ކިޔޭ ޖައްވުގެ ފަށަލައިގައެވެ. އާދައިގެ އޮކްސިޖަންގައި ހިމެނޭ ދެ އެޓަމް ގެ ބަދަލުގައި އޯޒޯން ގޭހުގައި 3 އެޓަމް އެކުލެވިގެން ވެއެވެ. އެހެން ކަމުން އޯޒޯން ގޭހުގެ ރަމްޒަކީ O3 އެވެ. އޯޒޯން އުފެދެނީ އޮކްސިޖަން މޮލިކިޔޫލްތައް ސްޓްރެޓަސްފެއަރ ގައި އާންމުގޮތެއްގައި ހުންނަ ލޮލަށް ނުފެންނަ އައްޔެއް ކަމުގައިވާ އިރުގެ ދޯދި ނުވަތަ އަލްޓްރާ ވައިލެޓް ދޯދިތަކާއި ބައްދަލުވުމުން ފަޅިފަޅި ވެގެންގޮހެވެ.