Jump to content

އޮޑިދޮށު މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އޮޑިދޮށު މަސް

އޮޑިދޮށު މަސް (ސައިންޓިފިކް ނަން: Lutjanus argentimaculatus)ނުވަތަ (އިނގިރޭސި ބަހުން: Mangrove snapper )އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ދިވެހިން ރޭގަނޑުކުރާ ކެޔޮޅު ކަމުގެ މަސްވެރިކަމުގައި މަދުމަދުން ބޭނޭ މަހެކެވެ. މިއީ ރަތްމަހާއި ވަރަށް އެއްގޮތް މަހެކެވެ. ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއްވެސް މެއެވެ. މިމަސް ގިނައިން އުޅެނީ ފަރުފަރުގެ ގުންޑޮޅިތަކުގެ ނިވާކަން ހޯދައިގެންނެވެ. މިމަސް 120 މީޓަރުގެ ފުނުގައި ދިރިއުޅެއެވެ. މިބާވަތުގެ ކުދިމަސް ވިލުތަކާއި ކިސަޑު ހުންނަ ހިސާބުތަކުގައި އުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށި، އަދި 14 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށި، އަދި 8 މަޑުކަށި ހުރެއެވެ. ކަންފަތުގައި 16 މަޑުކަށި ހުރެއެވެ. މިމަހުގެ ކުލައަކީ ރަތްމުށި ކުލައެވެ. މަހުގެ ބަނޑުދަށް ފަރާތް ހުންނަނީ ހުދުކުލައިގައެވެ. އޮޑިދޮށު މަހުގެ ކުދިމަހުގެ ލޮލުގެ ތިރީގައި ނޫކުލައިގެ 1 ނުވަތަ 2 ރޮނގު ހުރެއެވެ. އަދި އަރިމަތީގައި ފުޅާ ރޮނގުތަކެއް ފަނޑުކޮށް ހުރެއެވެ. އޮޑިދޮށު މަސް ގާތްގަނޑަކަށް 1 މީޓަރަށް ބޮޑުވާކަމަށް ވެއެވެ.