Jump to content

އޮއިމަތީ ބިބީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އޮއިމަތީ ބިބީ
Hemitaurichthys zoster

އޮއިމަތީ ބިބީ(ސައިންޓިފިކް ނަން: Hemitaurichthys zoster)ނުވަތަ (އިނގިރޭސި ބަހުން: Brown-and-white butterflyfish) އަކީ ބިބީ އާއިލާ ގެމަހެކެވެ. މިމަހަށް މިނަން ކިޔާފައި ވަނީ ފަޅުގެ ބޭރުގައި އޮއިމައްޗަށް ބޮޑެތި އައިން ހަދައިގެން ބައިބަޔަށް ނުކުމެ އުޅޭތީ އެވެ. އޮއިމަތީ ބިބީ ކާނާގެ ގޮތުގައި ބޭނުންކުރަނީ ކަނޑުމަތީއުޅޭ އޮއިގެ ތެރޭގައި ދަތުރުކުރާ ކުދިކުދި ފަނިފަކުސަ އެވެ. މިބާވަތް ފަރުގެ ބޭރަށް އޮއިމައްޗަށް ނިކުމެ އުޅޭ މައިގަނޑު ސަބަބަކީ މިއީ ކަމަށްވުމީ އެކަށީގެންވާ ކަމެކެވެ. އޮއިމަތީ ބިބީ އަކީ ރާއްޖޭގެ ފަރުފަރުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރު 12 ކައްޓާއި 24 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު، 21 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 17 މަޑުކަށި ހުރެއެވެ.

މަހުގެ ހުރަހަށް ކަޅުކުލައަކަށްދާ ގަދަ މުށި ކުލައާއި، ހުދުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ބުރަކަށި މަތީ ކޮތަރިބައިގެ މެދުގައި ހުންނަ ކަށިތައް ހުންނަނީ ރީނދޫ ކުލައިގައެވެ.

ވިކިމީޑިޔާ ކޮމަންސް ގައި މި މަޒްމޫނާއި ގުޅޭ ލިޔުމެއް އެކުލެވިގެންވޭ: