އޮޅު އަލަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އޮޅު އަލަ

އޮޅު އަލަ(ސައިންޓިފިކް ނަން: Colocasia esculenta)ނުވަތަ (އިނގިރޭސި ބަހުން: Taro)އަކީ އަލައިގެ ބާވަތެކެވެ. އޮޅުއަލައިގެ ތަފާތު ބާވަތްތައް ހިމެނެއެވެ. ދިވެހި ބަހުން އޮޅު އަލަ އަށް ފުރައްދެ އަލަ މިހެން ވެސް ކިޔައި އުޅެއެވެ. އޮޅު އަލަ އާންމުކޮށް ހެދެނީ ބޮޑެތި އޮޅުއޮޅުގައެވެ. ނަމަވެސް އޮޅުން ބޭރުގައި ވެސް އޮޅު އަލަ ހެދެއެވެ. ދިވެހި ރާއްޖޭގައި އެންމެ ގިނައިން އޮޅު އަލަ ހައްދާކަމަށް ފާހަގަ ކުރެވެނީ ހުވަދޫ ހިސާބު އެވެ.

ގޮބޮޅި އަލަ

ގޮބޮޅި އަލަ(ސައިންޓިފިކް ނަން: Colocasia esculenta) ނުވަތަ (އިނގިރޭސި ބަހުން: Taro)އަކީ އޮޅުއަލައިގެ ބާވަތެކެވެ. ގޮބޮޅި އަލަ އާންމުކޮށް ހެދޭނީ، ތަންކޮޅެއް ތިރިކޮށެވެ. ގޮބޮޅި އަލަ ހެދިފައި ހުންނަނީ ކުދި ފީނި ފީންޏަށް ވާގޮތަށެވެ. އޮޅު އަލައިގެ އެހެން ވައްތަރުތަކާ ޚިލާފަށް ގޮބޮޅި އަލައިގެ ނިރުފަޅާލެއް ގިނަވާނެއެވެ. ގޮބޮޅި އަލަ ސައިޒުން ވެސް ކުދިވާނެއެވެ. ހުންނާނީ ރުކުގައި އަޅާފައި ހުންނަ ބޮޑެތި ގޮބޮޅި އާއި އެއް ސައިޒަކަށެވެ.