އެޑޮލްފް ހިޓްލަރ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތަޢާރަފު[އުނިއިތުރު ގެންނަވާ]

1889 އޭޕްރީލް 20 އިން 1945 އޭޕްރީލް 30 އަށް ދުނިޔޭގައި އުޅުނު އެޑޮލްފް ހިޓްލަރއަކީ ދުނިޔެ ދުއް އެންމެ ވަރުގަދަ ލީޑަރުންގެ ތެރެއިންވެސް އަރާހުރި ލީޑަރެކެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އޭ ބުނުމުން އެންމެ ފުރަތަމަ ހަނދާންވާނެ އިންސާނެއްގެ ނަމަކަށްވާނީ ހަމަޔަޤީނުންވެސް އެޑޮލްފް ހިޓްލަރެވެ.

އެޑޮލްފް ހިޓްލަރ[އުނިއިތުރު ގެންނަވާ]

އެޑޮލްފް ހިޓްލަރ ގެ ބައްޕައަކީ އެލޮއިސް ހިޓްލަރ އެވެ. އުފަންވެވަޑައިގަތީ 1837 ވަނަ އަހަރު މަސައްކަތް ކޮށްފައިވަނީ ސްޓޭޓް ކަސްޓަމްސް ގައެވެ. އުފަންވީ އޮސްޓްރިއާ ގައެވެ. އަދި 1903 ވަނަ އަހަރު މަރުވިއިރު ކަސްޓަމްސް އިން ޕެންޝަން ފައިސާ ލިބެމުންދިޔައެވެ. މި ލާރިން މީނާގެ ދެދަރިންނާއި އަންހެނުން ދިރިއުޅެމުން ދިޔައެވެ.

އެހެންނަމަވެސް ހިޓްލަރ އަބަދުވެސް އޭނާގެ ބައްޕަ ދެކެ ރުޅިއާދެއެވެ. ހިޓްލަރ އަކީ މަންމަދެކެ ވަރަށް ލޯބިވާ މީހެކެވެ. ހިޓްލަރ ސެކަންޑަރީ ސްކޫލް ކިޔެވުމަށްވުރެ މައްޗަކަށް ނުކިޔަވައެވެ. އަދި އެންމެ ކުރާހިތްވި ކަމަކީ ކުރެހުމެވެ. އެހެންކަމުން ފައިން އާޓްސް އެކަޑަމީއަށް ވަންނަން ދެފަހަރުމަތިން މަސައްކަތްވެސް ކުރިއެވެ. ނަމަވެސް ވަދެވޭގޮތެއް ނުވިއެވެ. ސަބަބަކީ ވަނުމަށްދެވޭ އިމްތިހާނުން ފެއިލްވުމެވެ. މީނާގެ މިފަންނުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އާމުދަނީއެއްވެސް ހޯދަމުން ދިޔައެވެ. މިގޮތުން ޕޯސްޓްކާޑު ކުރެހުމާއި އިސްތިހާރު ކުރަހާ ކަމުގައިވެއެވެ. ލީޑަރޝިޕް ޓްރައިޓް އެއްގެ ގޮތުން މީނަގެ ކަރޭޖް ފާހަގަ ކުރެވެއެވެ.


ލީޑަރޝިޕް[އުނިއިތުރު ގެންނަވާ]

ހިޓްލަރގެ ޕްރައިމަރީ ސްކޫލް ދުވަސްވަރު ކިޔަވާ ކުދިންގެ ތެރޭގައި އަބަދުވެސް އުޅެމުންއައީ އެންމެ ކުރީގައެވެ. އަދި ހުރިހާ ކުދިންވެސް އޭނާއަށް ތަބާވާން ކަހަލަ ލީޑަރޝިޕެއް އޭނާގެ ގައިގައި ހުއްޓެވެ. އޭނާގެ ބައްޕަ ވަރަށް ބޮޑު އުންމީދެއް ހިޓްލަރުގެ ފަރާތުން ކުރިއެވެ. ހިޓްލަރަށްވުރެ ދޮށްޓަށް ހުރި ބޭބެ ވިޔާނުދާކަމުން ޖަލަށްލާފައިވާތީ އެކަމާ އޭނާގެ ބައްޕަ ހުރީ މާޔޫސްވެފައެވެ. ހިޓްލަރުގެ ބައްޕަ އެލޮއިސްގެ އުމުރުން 50 އަހަރުގައި ލިބިފައިވާ ހިޓްލަރ ރަނގަޅު ކުއްޖަކަށް ވުމަށް އުންމީދުކުރުމުގެ ނަތީޖާއަކީ ބައްޕަ ނުބުނާ ގޮތަކަށް އުޅެފިނަމަ ހަރުކަށި އަދަބު ދިނުމެވެ. ހެޓްލަރ ސެކަންޑަރީ ސްކޫލް ދުވަސްވަރު ވާދަވެރި ކިޔަވާކުދިން ގިނައެވެ. ހިޓްލަރ އަށް ވަނަ ހޯދަން ދަތިވާންފެށިއެވެ. ހިޓްލަރ މިކަމާހެދި ކިޔެވުންމަތިން ފޫހިވާންފެށިއެވެ. އަދި ގިނަވަގުތު އޭނާއަށްވުރެ ދަށް ގްރޭޑްގެ ކުދިންނާއެކު ވަގުތު ހޭދަކުރަންފެށިއެވެ. ހިޓްލަރުގެ ބައްޕަ އޭނާއަށް ކިޔަވައިދޭން މަސައްކަތް ކުރި ނަމަވެސް އޭނާ ބޭނުންވީ ސިވިލް ސާވިސް އަށް ނުވަދެ، ކުރެހުމައިގެން ކުރިއަށް ދިއުމަށެވެ. މިކަން ހިޓްލަރުގެ ބައްޕައަށް އެނގުމުން އޭނާއާއި ބައްޕައާ ދެމެދު ގުޅުން ގޯސްވިއެވެ. މިކަން ނިމުމަކަށް އައީ ހިޓްލަރުގެ އުމުރުން 13 އަހަރުގައި 1903 ވަނަ އަހަރު ބައްޕަ މަރުވުމުންނެވެ.

ސްކޫލްގައި ދަށް މާކްސް ހޯދަމުން އައިސް އެންމެ ފަހުން ކްލާސް ރިޕީޓް ކުރަންޖެހުމުން ހިޓްލަރަށް މިކަން ޤަބޫލު ނުކުރެވި، މަންމައަށް މަޖްބޫރު ކުރުވައިގެން ސްކޫލްއިން ކެޑުނީއެވެ. 1909 ވަނަ އަހަރު ހިޓްލަރުގެ މަންމަ ކޫލާރާ ހިޓްލަރ ކެންސަރުގެ ބަލީގައި މަރުވިއެވެ. މިކަމާ ހިޓްލަރ ވަރަށް ދެރަވިއެވެ. އަދި މަންމަގެ ފޮޓޯގަނޑެއް އަބަދުވެސް ގެންގުޅުނެވެ. ކޮންމެ ތަނަކަށް ދިޔަކަމުގައި ވިޔަސް 1945 ވަނަ އަހަރު މަރުވުމާ ހަމައަށް މި ފޮޓޯ ގެންގުޅުނެވެ. ހިޓްލަރ ސްކޫލް ދައުރު ނިމުމުން ބައްޕަގެ ޕެންޝަން ފައިސާ ލިބޭތީ ވަޒީފާއަކަށް ނުދެއެވެ. އަދި މުޅި ދުވަހު ހެނދުނު ނިދާފައި ހަވީރު ރަށުތެރެ ބެލުމާއި މިއުޒިއަމްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުގެ ޚަޒާނާ މުއްސަދި ކުރިއެވެ. ސަރުކާރުން ހިޓްލަރ ސިފައިންގެ ތެރެއަށް ވައްދަން ހޯދަމުން ދަނިކޮށް އެކަން ކާމިޔާބުވީ އޭނާ ހޯދާތާ ހަތަރު އަހަރު ފަހުންނެވެ. ނަމަވެސް މެޑިކަލް ޓެސްޓުން އޭނައަކީ ހަތިޔާރާއެކު ޑިއުޓީ މެރޭވަރުގެ މީހަކަށް ނުވާތީ އެފަހަރު ދޫކޮށްލީއެވެ. ހިޓްލަރ ޖަރުމަން ވިލާތުގެ ސިފައިންގެ ތެރެއަށްވަނީ ފުރަތަމަ ބޮޑުހަނގުރާމަ ފެށުމުންނެވެ.

ހިޓްލަރަކީ މަރުވެދާނެތީ ބިރު ނުގަންނަ ހިތްވަރުގަދަ ޖެހިލުންކުޑަ އުނދަގޫ މިޝަންތަކަށް ވޮލަންޓިއަރ ކުރާ މީހެއްކަމުން ކޮމާންޑަރުން އެކަން ފާހަގަ ކުރިއެވެ.

--Allosaeed 06:03, 25 ޑިސެމްބަރު 2011 (UTC)