އެމް.އެން.ޑީ.އެފް ސަދަން އޭރިއާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެމް.އެން.ޑީ.އެފް ސަދަން އޭރިއާއަކީ ސިފައިންގެ ޚިދުމަތްތައް ބެހިފައިވާ ހަތަރު އޭރިއާ ކޮމާންޑްގެ ތެރެއިން ރާއްޖޭގެ އެންމެ ދެކުނުގެ ސަރަޙައްދަށް ނިސްބަތްވާ އޭރިއާ ކޮމާންޑެވެ. ސަދަން އޭރިއާގައި ހިމެނެނީ ގއ. އަތޮޅާއި ގދ. އަތޮޅާއި ޏ. އަތޮޅާއި، ސ. އަތޮޅެވެ.

އަހަރީ ދުވަސް[އުނިއިތުރު ގެންނަވާ]

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އަހަރީ ދުވަހަކީ ސެޕްޓެންބަރުމަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ އާރުއެޗްކިޔު ސ. ގަން އިފްތިތާހުކުރެވުނު ދުވަސްކަމުގައިވާ 2001 ސެޕްޓެންބަރު 1 ވަނަ ދުވަހަށެވެ.


އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ތާރީޚު[އުނިއިތުރު ގެންނަވާ]

1. 06 އޮކްޓޫބަރު 1993: އެންއެސްއެސް ގަން ހުޅުވުން

2. 21 އެޕްރީލް 1995: އެންއެސްއެސް ކާޑެއްދޫ ހުޅުވުން

3. 07 އޮކްޓޫބަރު 1996: އެންއެސްއެސް ފުވައްމުލައް ހުޅުވުން

4. 01 ސެޕްޓެންބަރު 2001: ރީޖަނަލް ހެޑްކްއޯޓަރޒް – ސ. ގަން ހުޅުވުން

5. 21 އެޕްރީލް 2009: އެމްއެންޑީއެފް ސަދަން އޭރިއާ ހުޅުވުން