އެމް.އެން.ޑީ.އެފް މާލޭ އޭރިއާ
އެމް.އެން.ޑީ.އެފް މާލޭ އޭރިއާއަކީ ސިފައިންގެ ޚިދުމަތްތައް ބެހިފައިވާ ހަތަރު އޭރިއާ ކޮމާންޑްގެ ތެރެއިން މާލެ ހިމެނޭ ސަރަޙައްދަށް ނިސްބަތްވާ އޭރިއާ ކޮމާންޑެވެ. މާލޭ އޭރިއާގައި ހިމެނެނީ ކ. އަތޮޅާއި، މ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަދި ވ. އަތޮޅެވެ.
އެމްއެންޑީއެފުގެ ހަތަރު ސަރަހައްދީ ކޮމާންޑުގެ ތެރެއިން އެންމެ ފަހު ޤާއިމު ކުރެވުނީ އެމްއެންޑީއެފް މާލޭ އޭރިއާއެވެ.
އެންޑީއެފް މާލޭ އޭރިއާ އިފްތިތާޙް ކުރެވުނީ 2009 ޑިސެމްބަރު 30 ވީ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މާލޭ އޭރިއާ އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ މުހައްމަދު ނަޝީދެވެ. އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ސިފައިންގެ ދިދަ މާލޭ އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝިޔާމް ހަވާލުކޮށްދެއްވި އެވެ. މާލެ އޭރިއާގެ ފުރަތަމަ ކޮމާންޑަރަކީ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝިޔާ މެވެ. އެމަނިކުފާނަކީ މިހާރު އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އެވެ.
މާލެ އޭރިއާ ކޮމާންޑް ހިމެނޭ އިސްތިރާޖީ ސަރަޙައްދުގައި ޖުމުލަ 193 ރަށް ހިމެނެއެވެ. އެއީ މީހުން ދިރިއުޅޭ 35 ރަށާއި 75 ރިސޯޓެވެ. މި ސަރަޙައްދުގައި މުޅި ރާއްޖޭގެ އާބާދީގެ 54.8 އިންސައްތަ މީހުން ދިރިއުޅެއެވެ.
އަހަރީ ދުވަސް
[އުނިއިތުރު ގެންނަވާ]އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ އަހަރީ ދުވަހަކީ އެޕްރީލް 21 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ އާރުއެޗްކިޔު ހުޅުލެ އިފްތިތާހުކުރެވުނު ދުވަސްކަމުގައިވާ 1994 އެޕްރީލް 21 ވަނަ ދުވަހަށެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާ ބެހޭ ތާރީޚު
[އުނިއިތުރު ގެންނަވާ]1. 21 އެޕްރީލް 1994: ރީޖަނަލް ހެޑްކްއޯޓަރޒް – ހުޅުލެ ހުޅުވި
2. 01 މޭ 2003: އެމްއެންޑީއެފްގެ މަރުކަޒުތައް އާރުއެޗްކިޔުތަކުގެ ދަށަށް ބަދަލުކުރިއިރު ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގައި ހުރި މަރުކަޒުތައް އާރުއެޗްކިޔު ހުޅުލެއަށް ބަދަލުކުރި (އެންއެސްއެސް – ކ. ތުލުސްދޫ، އެންއެސްއެސް – އއ. ރަސްދޫ، އެސްއެސްއެސް އދ. މަހިބަނދޫ)
3. 30 ޑިސެންބަރު 2009: އެމްއެންޑީއެފް މާލޭ އޭރިއާ އިފްތިތާޙުކޮށްދެއްވި.