Jump to content

އެމެރިކާގެ ޖައްވީ އަސްކަރިއްޔާ

ވިކިޕީޑިއާ އިންވިކިޕީޑިއާ


"American Army""އެމެރިކާގެ އަސްކަރިއްޔާ"

ޔުނައިޓެޑް ސްޓޭޓްސް ސްޕޭސް ފޯސް(ޔޫއެސްއެސްއެފް) އަކީ ޖައްވުގައި އަސްކަރީ ހަރަކާތްތައް ހިންގުމަށް ޓަކާ އެގައުމުން އުފައްދާފައިވާ އަސްކަރީ އިދާރާއެވެ. އަދި އެއީ އެޤައުމުގެ އަސްކަރިއްޔާގެ އަށްބައިގެ ތެރެއިން އެއް ބައެވެ. މިއިދާރާ އުފެދިފައިވަނީ ދާދި ފަހުންނެވެ. އެޤައުމުގެ އަސްކަރީ އުދުހުންތަކުގެ 'އެއާ ފޯސް' އުފެދުނު ފަހުން މިއީ އަލަށް އެގައުމުގެ އަސްކަރީ އިދާރާއެއް އުފެއްދިފަހަރެވެ. އަދި 1947 ވަނަ އަހަރުގެ ފަހުން އުފެއްދި ފުރަތަމަ މިފަދަ އިދާރާވެސް މެއެވެ.

މީގެ ކުރީންވެސް އެއަރފޯސް ގެ ސްޕޭސްކޮމާންޑް އެއް އެގައުމުގެ އަސްކަރިއްޔާއިން 1 ސެޕްޓެމްބަރ 1982 ވަނަ އަހަރުގައި އުފައްދާފައި ވެއެވެ. އެއީ ޖައްވުގެ ހަނގުރާމަ މަތީ ކަންކަން ބެލެހެއްޓުމަށް ޓަކައި އުފެއްދި އިދާރާއެކެވެ. ނަމަވެސް 2020 ވަނަ އަަހަރުގެ ނެޝަނަލް ޑިފެންސް އޮތަރައިޒޭޝަން އެކްޓް އާއި އެކު އެއަރފޯސް ގެ ޖައްވުގެ ލަޝްކަރު ވަނީ އެޤައުމުގެ އަސްކަރިއްޔާގެ މުޅީން ވަކި އިދާރާއެއްގެ ގޮތުގައި ހަމަޖެހި 20 ޑިސެމްބަރ 2019 ވަނަ ދުވަހު އެކަން ކަށަވަރު ކޮށްދީފައެވެ.

ޔޫއެސް ސްޕޭސް ފޯސް ހިމެނެނީ އެޤައުމުގެ ޑިޕާޓްމަންޓް އޮފް ޑިފެންސް ގެ ތިން މައި ލަޝްކަރުގެތެރެއިން އެއާފޯސް ހިމެނޭ ލަޝްކަރުގެ ވަކި ބައެއްގެ ގޮތުގައެވެ. މިލަޝްކަރުގެ އެންމެ އިސް ވެރި އަކަށް ހުންނަނީ އެއާފޯސް ގެ، ސެކްރެޓަރީ އޮފްދަ އެއާފޯސް އެވެ. މިމަޤާމުގައި ހުންނަ މީހަކީ ހަމަސީދާ ޑިފެންސް ސެކްރަޓަރީގެ ދަށުން އިސްކުރެވޭ ވަޒީފާއެއްގައި ހުންނަ މިހެކެވެ. އޭނާ އެމަޤާމަށް ހިވެނީ އެމެރިކާގެ ސެނަޓް އިން ފާސްކުރެވިގެން އެޤައުމުގެ ރައީސްގެ ހުށައެޅުމަކުން ތާޢީދު ލިބިގެންނެވެ. މުވައްޒަފުން ނުވަތަ ޚިދުމަތުގައި ތިބޭ ޕަރސަނަލް އަށް ބަލާނަމަ އެމެރިކާގެ ލަޝްކަރުގެ އެންމެ މަދު އަދަދެއްވެސް ހިމެނެނީ މި އިދާރާގައެވެ.

ޖައްވީ އަސްކަރިއްޔާގެ ކަމާންޑް ހިފަހައްޓަނީ ޗީފް އޮފް ސްޕޭސް އޮޕަރޭޝަން އެވެ. އެއީ އެންމެ އިސް ޖައްވޯ އޮފިސަރވެސް މެއެވެ. ނަމަވެސް ޖީފް އޮފް ސްޓާފް ނުވަަތަ ޖޮއިންޓް ޗީފް އޮފް ސްޓާފްގައި ޗެއަރމަން ނުވަތަ ވައިސް ޗެއަރމަނެއް ވާނަމަ އެއީ އެންމެ އިސް އޮފިސަރ ކަމަށް ބެލެވޭނެއެވެ.