އެކިއުޓް ލިޔުކީމިޔާ
Appearance
އެކިއުޓް ލިޔުކީމިޔާ(އިނގިރޭސި ބަހުން: Acute Leukemia) އަކީ ބަލިޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިމީހާގެ ހާލަތު ފުރާނަޔަށް ނުރައްކާވާ ހިސާބަށް ގެންގޮސްދޭ ކެންސަރުގެ ބާވަތެކެވެ.
އަލާމާތްތައް
[އުނިއިތުރު ގެންނަވާ]- ވަރުބަލިވުން
- އެކިއެކި ބަލިބަލި އަވަސް އަވަހަށްޖެހުން
- ހުންކޮށި ދުޅަވުން
- ކަށީގައި ރިހުން
- ބަރުދަން ލުއިވުން
- ކާހިތްނުވުން
- ބަލިޖެހޭތާ ކުރީކޮޅުގައި ހުންފާޑުވެފައި ހުރުމާއެކު ވަރުބަލިވުން
- ލޭމަދުވުން
- ނޭފަތުންނާއި ހިރުގަނޑުން، ހަމުގެ ދަށުން އަދި ހަށިގަނޑުގެ އެކި ތަންތަނުން ލޭއައުން (މިހެން ދިމާވަނީ ލޭގަނޑުވުމަށް ބޭނުންވާ ޕްލޭޓްލެޓްސް ލޭގެތެރޭގައި މަދުވުމުންނެވެ.)
މިބާވަތުގެ ޓެސްޓް ދެނެގަތުމަށް ލޭގެ ޓެސްޓް، ކަށީގެ ޓެސްޓް، އަދި އެކްސްރޭ ނަގައިގެން ބަލައެވެ.
ފަރުވާ
[އުނިއިތުރު ގެންނަވާ]- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ރޭޑިއޭޝަންގެ ފަރުވާދެނީ މައިބަދަ އަދި ސިކުނޑިއަށް އަސަރުކޮށްފައިވާނަމަ އެވެ
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005