އެންސީއޯ އެކެޑަމީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެންސީއޯ އެކަޑަމީއަކީ އެމް.އެން.ޑީ.އެފް ގެ ނޮން ކޮމިޝަންޑް އޮފިސަރުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް ރޭންކް ޓްރޭނިންގތައް ދިނުމަށް 2010 ފެބްރުއަރީ 1 ވަނަ ދުވަހު ހުޅުވުނު އެކަޑަމީއެކެވެ. އެންސީއޯ އެކަޑަމީ ހުޅުވައިދެއްވީ އޭރުގެ ޑިފެންސް މިނިސްޓަރ އޮނަރަބުލް އަލްފާޟިލް އަމީން ފައިޞަލް އެވެ. އެންސީއޯ އެކަޑަމީގައި ފުރަތަމަ ހިންގީ ކޯޕްރަލް ކޯހާއި، ސާރޖަންޓް ކޯހާއި ވޮރަންޓް އޮފިސަރ ކޯހެވެ. އެންސީއޯ އެކަޑަމީގެ ފުރަތަމަ ޑައިރެކްޓަރަކީ ފަސްޓްލެފްޓިނަންޓް އަޙްމަދު ޝަރީފެވެ. އެސިސްޓެންޓް ޑައިރެކްޓަރަކީ ފަސްޓް ލެފްޓިނަންޓް އަމާނުﷲ އެވެ. އެންސީއޯ އެކަޑަމީ ހުންނަނީ ކ. ގިރިފުށީގައެވެ.