އިސްލާމް ދީނުގައި ކައިވެނި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ކައިވެނި ކުރުން[އުނިއިތުރު ގެންނަވާ]

މާތްﷲ ގެ ޚަލްޤު ތަކުން އުފެއްދުމުގައި، އެތަކެތީގެ ނޫޢު (ވައްތަރު) ދެމެހެއްޓުމަށްޓަކައި، ދެޖންސުގެ ގުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ލައްވާފައި ވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގަ މާނައިގައި ވެއެވެ. "ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."

މިޒަމާނުގެ ސައެންސުގެ ހޯދުންތައް އެއްބަސްވާގޮތުގައި އެންހެން ފިރިހެންކަމުގެ ޖިންސް ކަނޑައެޅިގެން އެނގޭ އިންސާނުންނާއި ޙައިވާނުންފަދަ މަޚްލޫޤުންގެ އިތުރަށް ގަސްގަހާގެއްސާއި އެނޫންވެސް ތަފާތު މަޚްލޫޤުން އުފައްދާފައިވަނީ އެތަކެތީގެ "ދެޖިންސު" އެކުލެވޭ ގޮތެއްގެ މަތިންނެވެ. އިލެކްޓްރިކް ކަރަންޓާއި، އެޓަމްފަދަ ކުޑަކުޑަ ޒއްރެއްގެ މއްޗަށް ބަލައިލިނަމަވެސް މިވަރުގަދަ ޙަޤީޤަތް ހާމަވެއެވެ.

ތަކެތި އުފެދުމާއި އިތުރުވެމުގައި ދެޖިންސުގެ ގުޅުމަކީ ކޮންމެހެންބޭނުން ކަމެއްކަމުގައިވީނަމަވެސް، ޖިންސީބޭނުންތައް ފުރިހަމަކުރުމުގައި އެއްވެސް އުޞޫލެއް ހަމައެއްނެތި، ގެރިބަކަރިފަދަ ޖަނަވާރުފަދައިން މުގުޅުން ބެހެއްޓުމަކީ، އިންސާނުންފަދަ މާތް، އަދި ކަރާމާތްތެރި މަޤާމެއް ދެއްވާ މަޚުލޫޤަކަށް އެކަށީގެންވާ ކަމެއނޫނެވެ. ވެމާއެކު، ލަގަން ނެއްޓިފައިވާ އަހެއްފަދައިން، ތިމާގެ ހިތަށްއެރިހައިގޮތަށް ދެޖިންސުގެ ގުޅުން ހުއްދަކުރައްވާފައިވަނީ ވަރަށް މާތް ހަރުދަނާ އުޞޫލެއްގެ މަތީންނެވެ. އެއީ ޝަރީޢަތް ހުދަކުރާފަދަ ކައިވެންޔަކުން ނގުޅިގެންނެވެ. އަދި ކައިވެނިވެގެންނޫން ގޮތްގޮތުގައި ދެޖިންސުގެ ގުޅުން ހިންގުމަކީ އިސްލާމީ ޝަރީޢަތުގައި ނުހަނު ބޮޑަށް ޙަރާމް ކުރައްވައި، އެފަދަ ބައެއްގެ މައްޗަށް ﷲ ގެ ކޯފާލައްވާނެކަން އަންގަވާފައިވާ ކަމެކެވެ.

ނޯޓު: ﷲ ގެ މަޚުލޫޤުންނަށް ބަލާއިރު ކޮންމެ އެއޗެއްމެ ހައްދަވާފައިވަނީ ތަފާތު ދެވައްތަރުންނެވެ. އަންހެން، ފިރިހެން، ހުތް ފޮނި، ފިނި ހޫނު، ރޭގަނޑާއި ދުވާލު، އިރާއި ހަނދު، ހެވާއި ނުބައި، ރީތި ހުތުރު، އުޑާއި ބިން، އަދިވެސް މިފަދަ ތަފާތު ގޮތްގޮތުގެ މަތީންނެވެ.

ހ. އިސްލާމްދީނުގައި ކައިވެނިކުރުމަށް ބާރުލައްވާފައިވާ މިންވަރު[އުނިއިތުރު ގެންނަވާ]

އިންސާނީ ދަރިފަސްކޮޅު ގެއްލުމުން ސަލާމަތް ކުރެއްވުމަށް ޓަކައި ޝަރީޢަތް ހުއްދަކުރާ އުޞޫލުން ކައިވެނިކުރުމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުލައްވާފައިވާ ކަމެކެވެ. ބައެއްފަހަރަށް ކައިވެނިކުރުމަކީ ނަބީބޭކަލުންގެ ސުންނަތުގެ ތެރެއިން ހިމެނޭ މުހިއްމު ކަމެއްކަމުގައި އަންގަވައެވެ. އަނެއްބައިފަހަރަށް އިސްލާމީ އުޞޫލުން ކައިވެނިކޮށް، އަންހެނަކާއި ފިރިހެނެއްގެ މެދުގައި އުފެދޭ މުޤައްދަސް ގުޅުމުގެ ސަބަބުން ދަރީން ލިބުމުގެ މިފުރިހަމަ ނިޡާމަކީ މާތްﷲ ދެއވި ވަރަށްބޮޑު ނިޢުމަތެއްކަމުގައި ހަނދާން ކޮށް ދެއްވައެވެ.

ށ. ކައިވެނި ކުރުމުގެ ޙުކުމް[އުނިއިތުރު ގެންނަވާ]

އިސްލާމް ދީނުގައި ކައިވެނިކުރުމުގެ ޙުކުމް ހުރީ ދެބަޔަކަށެވެ. އެއީ،

ކައިވެނިކުރުން ވާޖިބުވުން.[އުނިއިތުރު ގެންނަވާ]

ކައިވެނިކުރުން ވާޖިބުވަނީ، ކައިވެނިކުރުމަށް ތިމާގެކިބައިގައި ކުޅަދާނަކަން ހުރުމާއެކު، ޒިނޭކުރުންފަދަ ބަދުއަޙްލާޤީ ޢަމަލެއް ކުރެވިދާނެކަމަށް ބިރުވެތިވާނަމައެވެ. އެފަދަމީހެއްގެ މައްޗަށް ކައިވެނިކުރުމަކީ ވޖިބެކެވެ. ސަބަބަކީ، ޙަރާމް ކަންތަކުން ތިބާގެ ނަފްސު ރައްކާތެރި ކުރުމަކީ ވާޖިބަކަށްވާކަމެވެ.

ކައިވެނިކުރުން މުސްރަޙއްބުވެން.[އުނިއިތުރު ގެންނަވާ]

ތިމާގެކިބައިގައި ކައިވެނިކުރުމުގެ ކުޅަދާނަކަންހުރުމާއި އަބިދަރީންގެ ޚަރަދުބެލެހެއްޓޭފަދަ ތަނަވަސްކަން ހުރުމާއެކުވެސް، ޒިނޭކުރުންފަދަ ބަދްއަޚްލާޤީ ޢަމަލެއް ކުރެވިދާނެކަމާމެދު ބިރުވެތިނުވާނަމަ އެފަދަ ޙާލެއްގައި ކައިވެނި ކުރުން ވާޖިބެއް ނޫނެވެ. ނަމަވެސް އެފަދަ މީހެއްގެ މައްޗަށް ކައިވެނިކުރުމަކީ މުސްތަޙއްބުކަމެކެވެ. ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.

ނ. ކައިވެނީގެ ރުކުންތައް[އުނިއިތުރު ގެންނަވާ]


ކައިވެނީގެ ރުކުންތަކަކީ:-
1. ފިރިމީހާ.
2. އަނބިމީހާ.
3. ވަލީވެރިޔާ.
4. ދެހެކީން.
5. ޞީޣާ،
މިފަސްކަންތަކެވެ.

ކައިވެނީގެ ފުރަތަމަ ރުކުން : ފިރިމީހާ[އުނިއިތުރު ގެންނަވާ]

ފިރިމީހާގެ ކިބައިގައި ހުރުމަށްކަޑައެޅިފައިވާ ޝަރުޠު ތަކަކީ،

(1) ވަކިމިވެނި މީހަކުކަން ކަނޑައެޅިގެން އެނގުން.

(2) ކއިވެނިވެވޭ އަންހެނާއީ އޭނާއާ ކައިވެނި ޙަލާލުމީހަކުކަން އެނގުން.

(3) ކައިވެނިކުރުމަށް މަޖުބޫރުކުރެވިފައި ނުވުން.

(4) ޙއްޖަށް ނުވަތަ ޢުމްރާއަކަށް އިޙްރާމް ބަނދެގެންހުރި މީހަކު ކަމުގައި ނުވުން.

(5) ފިރިހެނަކު ކަން ޔަޤީންވެ އެނގުން.

ކައިވެނީގެ ދެވަނަރުކުން : އަނބިމީހާ[އުނިއިތުރު ގެންނަވާ]

އަނބިމީހާގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ހުންނަންވާނެއެވެ.

(1) ވަކިމިވެނި އަންހެނަކުކަން ކަޑައެޅިގެން އެނގުން.

(2) ކައިވެނިވެވޭ ފިރިހެނާގެ މައްޗައް.

(3) އަންހެނަކުކަން ޔަޤީންވެ އެނގުން.

(4) އެހެންމީހަކާ އިނދެގެން، ނުވަތަ ޢިއްދާގައި އިން އަންހެނަކު ކަމުގައި ނުވުން

ކައިވެނީގެ ތިންވަނަ ރުކުން : ވަލީވެރިޔާ[އުނިއިތުރު ގެންނަވާ]

އަންހެނެއްގެ ވަލީވެރިޔާ ނުވަތަ ވަލީވެރިންނަކީ، އޭނާއަށް އެހީތެރިވެ އަދި އެންމެހައި ގެއްލުމާއި ދެރަކަމަކުން އެއަންހެނަކު ސަލާމަތްކުރާނެ ބައެކެވެ.

އަންހެނުންގެ މއަޗަށް އަމުރުވެރި އަދި އެބަިމީހުންގެ ކަންތައްތައް ބަލަހައްޓައި އެހީތެރިވާނެ ބައެއްގެ ގޮތުގައި އެބައިމީހުންގެ ގާތްތިމާގެ ފިރިހެނުންކުރެ ޢައްޔަންވެވިފައިވާ ޙާއްޞަ ބައަކަށް އަންހެނުންގެ ވަލީވެރިންނޭ ކިޔެއެވެ. އެއްވެސް ޙާލެއްގައި ވަލީއާ ނުލައި ކައިވެނި ޞައްޙައެއް ނުވާނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ހަދީޘްއެއްގެ މާނައިގައި ވެއެވެ. "ވަލީއާ ނުލައި ކައިވެނި ޞައްޙައެއް ނުވާނެއެވެ."

ވަލީވެރިޔާގެ ކިބާގައި ހުރުން ޝަރުޠުވާ ކަންތައްތައް:[އުނިއިތުރު ގެންނަވާ]

(1) އިސްލާމަކު ކަމުގައިވުން

(2) ބާލިޣު ވުން

(3) ބުއްދި ސަލާމަތުންހުރުން

(4) މިނިވަނަކު ކަމުގައިވުން

(5) ފިރިހެނަކުކަމުގައި ވުން

(6) ޢަދަލުވެރިއަކު ކަމުގައިވުން

(7) މުސްކުޅިވެ ނުވަތަ ބައްޔެއްގެ ސަބަބުން ވިއަސް ލޯބޯ ކޮށިވެފައި ނުވުން

(8) މޮޔަޔަކު ކަމުގައިވެ، އޭނާގެކިބައިން ވަލީކެނޑިފައިވާ މީހަކު ކަމުގައި ނުވުން. (މިފަދަ ސަބަބެއް ގާތްކަންބޮޑު ވަލީވެރިއަކަށް ކުރި މަތިވެއްޖެނަމަ، ވަލީދިނުމުގެ ޙައްޤު އެއަށްވުރެ ދުރުމީހެއްގެ މައްޗަށް ބަދަލުވާނެއެވެ.)

(9) ޙައްޖަށް ނުވަތަ ޢުމްރާއަކަށް އިޙްރާމް ބަނދެގެން ހުރި މީހަކުކަމުގައި ނުވުން.

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ހަދީޘްއެއްގެ މާނާއިގައި ވެއެވެ. "އިޙްރާމް ބަނދެގެންހުރި މީހާ ކައިވެނިކޮށްގެން ނުވާނެއެވެ. އަދިމީހެއގެ ކައިވެނިކޮށްދީގެންވެސް ނުވާނެއެވެ."

ވަލީވެރިން[އުނިއިތުރު ގެންނަވާ]

އަންހެންކުއްޖަކު މީހަކާ ދެވުމަށް (ކައިވެނިކޮށްދިނުމަށް) އެންމެ ޙއްޤުކަން ބޮޑު ވަލީވެރިއަކީ އެކުއްޖެއްގެ ބައްޕައެވެ. އެޙައްޤުލިބިފައިވާ މީހުން ތަރުތީބުން ތިރީގައި ބަޔާން ވެފައި މިވަނީއެވެ.

(1) ބައްޕަ

(2) ބައްޕަފަރާތުގެކާފަ (ބައްޕަގެ ބައްޕަ)

(3) ބައްޕަފަރާތުގެ މުނިކާފަ (މިގޮތުން ދުރުކާފައަކަށްވެރެ ގާތްކާފަފައެއް އިސްކުރެވެއެވެ. އެބަހީ މުނިކާފައަށްވުރެ ކާފަ އިސްވުން)

(4) އެއްބަނޑު އެއްބަފާ އަޙް

(5) އެއްބަފާ އަޙް

(6) އެއްބަނޑު އެއްބަފާ އަޙުގެ ފިރިހެންދަރި

(7) އެއްބަފާ އަޙުގެ ފިރިހެން ދަރި

(8) ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުބޭބެ

(9) ބައްޕައާ އެއްބަފާ ބޮޑުބޭބެ

(10) ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި

(11) ބައްޕައާ އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރި މިއެވެ.

ނަސަބުގެ ގޮތުން މިބަޔާން ކުރެވުނު ތަރުތީބުން ވަލީވެރިއަކު ނެތިއްޖެނަމެ، އެފަދަ އަންހެނެއްގެ ވަލީވެރިއަކު ނެތިއްޖެނަމަ، އެފަދަ އަންހެނެއްގެ ވަނީވެރިއަކީ ޙާކިމެވެ. އަންހެނެއްގެ އެންމެއިސް ވަލީވެރިޔާގެ ޙާޞިރުގައިވެސް، އެކަމަށް އެކަށީގެންވާފަދަ މީހަކާ ވަލީދިނުން ޙަވާލުކޮށްފިނަމަ، އެމީހެއްގެ ވަލީ ކަމުދާނެއެވެ. އެއީ މިޒަމާނުގެ ޝަރުޢީ ކޯޓުތަކުގައި ކަންހިނގަމުން މިދާ އުޞޫލުގެ މަތީންނެވެ. ބައްޕަ ނުވަތަ އެހެންވެސް ވަލީދޭމީހަކު އަމިއްލައްށް ކައިވެނި ކޮށް ދިނުމުގެ ބަދަލުގައި އޭނާގެ ވަކީލެއްކަމުގައި ޝަރުޢީ މައުޛޫނާ ވަލީ ޙަވާލު ކުރުމަކީ މީގެ މިސާލެކެވެ.

ކައިވެނީގެ ހަތަރުވަނަ ރުކުން : ދެހެކީން[އުނިއިތުރު ގެންނަވާ]

ކައިވެނީގެ މައްޗަށް ޢަދުލުވެރި ދެހެކީން ހެކިވުމާނުލައި ކައިވެނި ޞައްޙައެއް ނުވާނެއެވެ. ކީރިތި ރަސޫލާ ހަދީޘްކުރައްވާފައިވާ ހަދީޘްއެއްގެ މާނައިގައި ވެއެވެ. "ވަލީދިނުމާއި، އަދި ޢަދުލުވެރި ދެފިރިހެނުންގެ ހެކިވުމާނުލައި ކައިވަނި ޞައްޙައެއް ނުވާނެއެވެ."

ހެކީންގެ ކިބައިގައި ހުރުން ޝަރުޠުވާކަންތައްތައް.[އުނިއިތުރު ގެންނަވާ]

(1) އިސްލާމުން ކަމުގައިވެން.

(2) ބާލިޣުވުން.

(3) ބުއްދިހުރުން.

(4) މިނިވަނުން ކަމުގައިވުން.

(5) ފިރިހެނުން ކަމުގައިވުން.

(6) ޢަދުލުވެރީން ކަމުގައިވުން.

(7) އިވުމާއި ފެނުމުގެ ޙިއްސު ސަލާމަތުން ހުރުން.

(8) ކައިރި މާޞީއެއްގެ ކަންތައްތައް އެކަނިވިޔަސް ހަނދާންހުރުން.

(9) ކައިވެނިކޮށްދޭ މީހާއާއި ޤަބޫލުކުރާމީހާ ވާހަކަ ދައްކާއުޅެ ބަސްދަތުން

(10) ވަލީވެރިއަކު ކަމުގައިވުން ޢައްޔަންވެގެން ނުވުން، މިއެވެ.

ކައިވެނީގެ ފަސްވަނަރުކުން : ޞީޣާ[އުނިއިތުރު ގެންނަވާ]

ކައިވެނީގެ ޞީޣާއޭ ބުނެވެނީ އީޖާބާއި ޤަބޫލު ނުވަތަ، އަނބި ޤަބޫލު ކުރުމަށެވެ.

ކައިވެނީގެ ޞީޣާގެ ޝަރުތު ތަކަކީ:[އުނިއިތުރު ގެންނަވާ]

(1) ކައިވެނި ޢަޤުދު ކުރާ ދެމީހުންނާއި (ވަލީދޭމީހާއާއި ފިރިމީހާ) ދެހެކީންނަށް ވިސްނޭ ފަދަ ގޮތެއްގައި ކައިވެނިކޮށްދިންކަމާއި، ކައިވެނި ޤަބޫލުކުރިކަން ދޭހަވާ ބަހަކުން އޮތުން.

(2) تعلېق އެއްނެތުން: މީގެ މާނައަކީ، އީޖާބާއި ޤަބޫލު އެއްވެސް ކަމަކާއި މަތިކޮށް ޝަރުޠު ކޮށްފައި ނުވުމެވެ. މިސާލަކަށް "ކަލޭގެ އަންހެންދަރިފުޅު ކަސްޓަމށް ވަދެއްޖެނަމަ، އަހަރެން އޭނާއާ އިނަންނާނަމެވެ." ކައިވެނިއެދޭމީހާ މިހެން ބުނެ މީގެ ޖަވާބުގައި ކުއްޖާގެ ވަލީވެރިޔާ "އަހަރެން ޤަބޫލު ކޮށްފީމޭ" މިހެން ބުނުމަކުން ކައިވެނިވީ ކަމަކަށް ނުބެލެވޭނެއެވެ. ސަބަބަކީ، އެކުރި ޝަރުޠަކީ ފުރިހަމަވާނެ ކަމެއކަން ނުވަތަ ނޫންކަން ނޭނގޭކަމެވެ. ވުމާއެކު އެފަދަ ޝަރުޠެއްކުރުން ކަމަކު ނުދާނެއެވެ.

(3) تأھېت އެއް ނެތުން. މީގެ މާނައަކީ އީޖާބާއި ޤަބޫލު ވަކި ވަގުތަކާ ހަމަޔަށް ކަނޑައަޅާފައިނުވުމެވެ.

(4) އީޖާބާއި ޤަބޫލު އެއްގޮތްވުން. މީގެމާނައަކީ، މާޞީގެ މާނަ ދޭހަވާފަދަ ގޮތެއްގައި އީޖާބާއި ޤަބޫލެ އޮތުމެވެ. މިސާލަކަށް "އަހަރެންގެ މިވެނި އަންހެންދަރިފުޅު ކަލެއާ ކައިވެނިކޮށްދީފީމެވެ." ވަލީވެރިއާ މިހެން ބުނުމުން "އަހަރެން ޤބޫލު ކޮށްފީމޭ" ފިރިމީހާ ބުނުމެވެ. އީޖާބާއި ޤަބޫލު މާޞީގެ މާނަދޭހަވާފަދަ ގޮތެއްގައި އޮތުމުގެ ބޭނުމަކީ، ދެފަރާތުގެ ރުހުމާއި ޤަބޫލުކުރުން ކަޑައެޅިގެން ހާމަވުމެވެ.

ރ. ކައިވެނީގެ ރަން.[އުނިއިތުރު ގެންނަވާ]

ކައިވެނީގެ ރަނަކީ، ކައިވެނީގެ ސަބަބުން ފިރިހެންމީހާ އަންހެންމީހާއަށް ދިނުމަށް ވާޖިބުވާ މުދަލެކެވެ. ކީރިތި ޤުރުއާނުގައި މިކަމާ މެދު އަމުރު ކުރައްވާފައި ވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވައި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުން ރުހުމުން ދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ!"

ކައިވެނީގެ ރަނުގެ ގިނަ މަދު މިނުގައި ވަކި ޙައްދެއް ކަނޑައެޅިފައެއްނުވެއެވެ. ނަމަވެސް އެދެވިގެންވަނީ މާބޮޑު ރަނެއް ނުކިއުމެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި އަގެއްހުރި ކޮންމެ އެއްޗެއް ކައިވެނީގެ ރަނަކަށް ފެދޭނެއެވެ. މުސްތަޙައްބު ވެގެންވަނީ ކަިއވެނީގެ ޢަޤުދުގެ ތެރޭގައި ރަނުގެ ޢަދަދު ކަނޑައެޅިފައި އޮތުމެވެ. ނަމަވެސް ޢަޤުދުގެ ތެރޭގައި ރަން ނުކިއަސް ކައިވެނި ޞައްހަވާނެއެވެ.

ރަންކިއުމެއްނެތި ކައިވެންޏެއް ކޮށްފިނަމަ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ޙާޞިލްވުމުން ކައިވެނީގެ ރަންދިނުން ވާޖިބުވާނެއެވެ. އެއީ:

(1) ފިރިމީހާ އަމިއްލައަށް ރަނެއް ކަނޑައަޅައި އަނބިމީހާ އެރަނާ ޤަބޫލުވުން.

(2) ޤާޞީ ރަނެއް ކަނޑައެޅުން.

(3) އަނބިމީހާ ގާތުގައި ރޭކުރުން.

ފަހުން މިބުނެވުނު ދެގޮތުގައިވެސް ދިނުން ވާޖިބުވާނީ އެފަދަ އަންހެނެއްގެ ރަނެވެ. އެފަދަ ރަނެއް ކަނޑައަޅާނީ އޭނާގެ އުޙުތުންނާއި ބޮޑުދައިތައިން ފަދަ މީހުން ރަންކިޔާ އުޅޭ މިންވަރު ބަލައިގެންނެވެ.

ކައިވެނީގެ ރަނެއް ކަނޑައެޅުމުގެ ކުރީގައި ދެމަފިރިން ކުރެ މީހަކު މަރުވެއްޖެ ނަމަ، އެފަދަ އަންހެނެއްގެ ރަން ދޭންވާނެއެވެ. އަނބިމީހާއާ އެކު ރޭކުރުމުގެ ކުރީގައި ވަރިކޮށްފިނަމަ ރަނުގެ 2/1 ކެނޑޭނެއެވެ.

މަޙްރަމުން[އުނިއިތުރު ގެންނަވާ]

މަޙްރަމުންނޭ ބުނެވެނީ، މުސްލިމް އަންހެނުންކުރެ ތިމާ ކައިވަނިކުރުން ޙަރާމް އަންހެނުންނަށެވެ. މަޙްރަމުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ދާއިމީގޮތުން ކައިވެނި ޙަރާމް އަންހެނުންނާއި، ވަގުތީ ގޮތުން ކައިވެނި ޙަރާމް އަންހެނުންނެވެ. މީގެ ތެރެއިން ދާއިމީގޮތުގައި ކައިވެނި ޙަރާމް އަންހެނުން ތިން ބަޔަކަށް ބެހެއެވެ. ތިރީގައި މިވާ ތާވަލުގައި މިބައިތައް އެވަނީއެވެ.

Mahramun.jpg


މިބައިތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ހ. ދާއިމީގޮތުން ކައިވެނި ޙަރާމް އަންހެނުން.[އުނިއިތުރު ގެންނަވާ]

1. ނަސަބުގެ ގޮތުން ކައިވެނި ހަރާމްވާ އަންހެނުން[އުނިއިތުރު ގެންނަވާ]

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގަތުގައި ނަސަބުގެ ގޮތުން ކައިވެނި ޙަރާމް އަންހެނުންނީ:

(1) މަންމަ (މަންމައާއި ބައްޕަ ފަރާތު މާމައިންނާއި މުނިމާމައިން ކިތަންމެ މައްޗަށް ދިޔަކަމުގައި ވިޔަސް ބެލެވޭނީ މަންމައިން ކަމުގައެވެ.)

(2) އަންހެންދަރި (ތިމާއަށް ކާފަ، މުނިކާފަ ކިޔާ އަންހެންކުދީން ކިތަންމެ ދަށަށް ދިޔަނަމަވެސް އަންހެން ދަރީންގެ ތެރޭގައި ހިމެނޭނެއެވެ.)

(3) އުޙްތުން (ތިމާއާ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އަންހެން ކުދިން)

(4) ބައްޕަ ފަރާތު ބޮޑުދައިތައިން

(5) މަންމަ ފަރާތު ބޮޑުދައިތައިން (ބައްޕަ ނުވަތަ މަންމަ އާ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އަންހެނުން ކިތަންމެ މައްޗަށް ދިޔަ ނަމަވެސް ބޮޑުދައިތައިން ކަމުގައި ބެލެވޭނެ އެވެ.)

(6) އަޙްގެ އަންހެން ދަރީން (އަޙްގެ އަންހެން ދަރީންގެ އަންހެން ދަރީންނާއި އަޙްގެ ފިރިހެން ދަރީންގެ އަންހެން ދަރީން ކިތަންމެ ދަށަށް ދިޔަނަމެވެސް ބެލެވޭނީ އަޙްގެ އަންހެން ދަރީން ކަމުގައެވެ.)

(7) އުޙްތުގެ އަންހެން ދަރީން (އަޙްތުގެ އަންހެން ދަރީންގެ އަންހެން ދަރީންނާއި އުޙްތުގެ ފިރިހެން ދަރީންގެ އަންހެން ދަރީން ކިތަންމެ ދަށަށް ދިޔަނަމެވެސް ބެލެވޭނީ އުޙްތުގެ އަންހެން ދަރީން ކަމުގައެވެ.)

2. އެއްކިރު ބުއިމުން ކައިވެނި ޙަރާމްވާ އަންހެނުން[އުނިއިތުރު ގެންނަވާ]

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ނަސަބުގެ ފަރާތުން ކައިވެނި ޙަރާމް އެންމެންނާ އެއްކިރު ބުއިމުގެ ސަބަބުނެވެސް ކައިވެނި ޙަރާމްވާނެއެވެ.