އިސްމާޢީލް ދޮށިމޭނާ ކިލެގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިސްމާޢީލް ދޮށިމޭނާ ކިލެގެފާނު (ކަކާގޭ އިސްމާޢީލް ދީދީ) އަކީ އެދުރު އިބްރާހީމް ރަންނަބަނޑޭރި ކިލެގެފާނުގެ ފުތް ކަކާގޭ ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ ދަރިކަލެކެވެ. މަންމައަކީ މާވާ ކިލެގެފާނުގެ ގަނޑުވަރު ޙުސައިންދީދީގެ ދަރިކަނބަލުން ޢާއިޝާދީދީ (ކަކާގޭ ދޮންދީދީ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 30 އެޕްރީލް 1866މ (14 ޛުލްޙައްޖާ 1228ހ) ގައެވެ.

ކަކާގޭ އިސްމާޢީލް ދީދީ އަކީ މާލޭގެ ޢިލްމުވެރިން ކިބައިން ދީނީ ޢިލްމާއި ޙިސާބު އުގެނިވަޑައިގަތް ބޭފުޅެކެވެ. ކުޅިޖެހުމުގެ ހުނަރުގައި އަރާހުންނެވި ފަހުލަވާނެކެވެ. ސަރުކާރުގެ ކުޅިކޮށީގެ މައްޗަށް އަމުރުހިންގަވާ ބޭފުޅެކެވެ. ވިޔަފާރީގެ ރޮނގުން ކުރިއަށް ވަޑައިގެން އެންމެ ފުރަތަމަ ފެކްޓަރީ ހިންގެވި ދިވެއްސަކީ އެމަނިކުފާނު އެވެ. އަމިއްލަ ވިޔަފާރީގެ މަސައްކަތް ފެއްޓެވީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ކުޑަ ބަންޑާރައިން) ގެ ރަސްކަމުގައެވެ. އެކަންކަމުގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން(6) ގެ ރަސްކަން ނިމެންދެން ހުންނެވި އެވެ. އޭނާ އަވަހާރަވި ފަހުން ވެސް ވިޔަފާރި ފެކްޓަރީ އަތިރީ ފަނޑިޔާރުގޭގައި ހިންގި އެވެ.

މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1317ހ : ދޮށިމޭނާ ކިލެގެކަން
  • 1318ހ : ރަދުންގެ މަޝްވަރާ މަޖުލީހުގެ މެންބަރުކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • އިބްރާހީމް ޙިލްމީ
  • ޙުސައިން ޙިލްމީ
  • އަޙުމަދު ޙިލްމީ
  • ޢަބުދުﷲ ޙިލްމީ
  • ރުޤިއްޔާ ޙިލްމީ
  • ޢައިޝަތު ދީދީ
  • ފާތުމަތު ދީދީ

ކަކާގޭ އިސްމާޢީލް ދީދީ އަވަހާރަވީ 5 އޮކްޓޯބަރު 1928މ (20 ރަބީޢުލް އާޚިރު 1347ހ) ވީ ހުކުރު ދުވަހު މާލޭގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006