Jump to content

އިސްމާޢީލް ދީދީ(މީރުބަހުރުގެ)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އިސްމާޢީލް ދީދީ (މީރުބަހުރުގޭ އިސްމާޢީލް ދީދީ) އަކީ ދިވެހިރާއްޖޭގެ ތާރީޚްގައި ފާހަގަކުރެވިގެން ދިޔަ ޝަޚްޞިއްޔަތެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 30 ނޮވެމްބަރު 1853 (15 ޖުމާދިލް އޫލާ 1276ހ) ގައެވެ. ބައްޕަ އަކީ ހޮޅުދޫ ނެވިންގޭ ދޮއްކޮއްކޯގެ ޙަސަން މަނިކު (ދޮންމަނިކު) އެވެ. މަންމައަކީ އަތިރީގޭ އަޙުމަދުދީދީ ޚަދީޖާ އެވެ.

މީރުބަހުރުގޭ އިސްމާޢީލް ދީދީ އަކީ އިގިރޭސި، އުރުދޫ، ތަމަޅަ، ސިންގަޅަ ރަގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ހިސާބު ޢިލްމާއި ނިޔަމި ކަމުގެ މަސައްކަތް މީހުންނަށް ކިޔަވައިދެއްވި އެވެ. އެޗްސީޕީބެލް ރާއްޖެއަށް ދުރުވެ އުޅުއްވި އިރު މުޅި ރާއްޖޭގައި ދަތުރުކޮށް ހެއްދެވުމުގައި ދައުލަތުން ތަރުޖަމާނަކަށް އިސްކުރައްވާފައި ފޮނުއްވީ މީރުބަހުރުގޭ އިސްމާޢީލް ދީދީ އެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ދިވެހި ބަހުން ކޮމާންޑްކޮށްދެއްވި ބޭފުޅަކީ މީރު ބަހުރުގޭ އިސްމާޢީލް ދީދީ އެވެ. އެއީ ނޫރައްދީން ރަސްކަމުގައި 1308 ން 1309 ވަނަ އަހަރުގައެވެ. ފުރަތަމަ ސިފައިންގެ ތެރޭގައި ތިއްބެވީ 8 ބޭފުޅުންނެވެ. ޕިޗޯރީން ދިވެހިރާއްޖެއަށް އައި ބަޣާވާތުގައި ދައުލަތް ދިފާޢުކުރުމުގެ ހުރިހާ ޢަމަލީ ޙަރަކާތުގެ އިސްވެރިއަކީ އޭނާ އެވެ. އޭނާއަކީ ދަތުރު ފަތުރުކުރުމާއި، ދިރިއުޅުއްވުމުގެ ހިއްޗާއި ފޮނި، ތަޖުރިބާ ކުރެއްވި ބޭފުޅެކެވެ. 1341ހ ވަނަ އަހަރު ރަބީޢުލް އައްވަލް މަހުގެ ތެރޭގައި މާލޭގައި ފެތުރިގެން ދިޔަ ނުރައްކާތެރި ބަލިމަޑުކަމުގައި 400 މީހުން މަރުވެދިޔަ ކާރިސާގައި އިސްމާޢީލް ދީދީ އަކީ ވަރަށް މުހިއްމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ފުރުއްވި މަގާމްތައް

[އުނިއިތުރު ގެންނަވާ]
  • 9 އޮކްޓޯބަރު 1903 - މީރުބަހުރުކަން
  • 12 މާރޗް 1933 – ޖޫރީކަން

މީރުބަހުރުގޭ އިސްމާޢީލް ދީދީ އަށް ލިބިވަޑައިގަތީ މީރުބަހުރުގޭ މުޙައްމަދު ދީދީ އެވެ. މީރުބަހުރުގޭ އިސްމާޢީލް ދީދީ އަވަހާރަވީ 10 މެއި 1943 (5 ޖުމާދިލް އޫލާ 1362ހ ) ގައެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006