އިސްމާޢީލް އަނިލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އިސްމާޢީލް އަނިލް

ވިކްޓްރީގެ ކެޕްޓަން އިސްމާއީލް އަނިލް މިހާރު ބުނާ ވާހަކައިން ގިނަބަޔަކަށް ހައިރާންކަން ނައިސްދާނެއެވެ. ނަމަވެސް އުމުރުން 34 އަހަރުގައިވެސް އަނިލް ދައްކާ ކުޅުމަށް ބަލާފައި އެއީ ކޮންކަހަލަ ވާހަކައެއްހޭ މީހަކު ބުނެދާނެއެވެ. އަނިލް ބުނާވާހަކަ އެނގޭ ހެއްޔެވެ. އޭނާ ބުނަނީ ކުރިޔަށް އޮތްތަނުގައި ވިކްޓްރީގެ ރަތް ޖާޒީ ނުބާލާނެ ކަމަށެވެ. ކުޅުން ނިންމާލާނީވެސް ކުޅުން ފެށި ވިކްޓްރީން ކަމަށެވެ. އަދި އެހެން ކުލަބަކުން އަނިލްގެ ކައިރިއަށް ސޮއި ހޯދަން މިހާރު އަންނާންވެސް ނުކެރޭނެ ކަމަށެވެ.

އަނިލްގެ ވާހަކައިން އެންމެ އަޅައިގަތީ އެންމެފަހުގެ ބަސްކޮޅުގައެވެ. ބޮޑު ކުލަބަކުން މިހާރު އަނިލްގެ ސޮއި އަތުލަން އަންނަންވެސް ނުކެރޭނެޔޭ ބުނުމުންނެވެ. ހަމަގައިމުވެސް އަނިލްގެ ކުޅުން ފީކަޅާވެގެން ބޮޑު ކުލަބަކުން އަނިލްގެ ފަހަތުން ނުދުވާވަރެއްނޫނެވެ. އަނިލްއަކީ އަދިވެސް ލީޑަރެއްގެ ގޮތުގައި ބޮޑު ކުލަބެއް ގޮވައިގެން ނުކުމެވޭފަދަ ކޮލިޓީ ހުރި ކުޅުންތެރިޔެކެވެ. މިހާރުގެ ޒުވާން ކުޅުން ތެރިންނަށް ދޫނުކުރާވަރުގެ ކުޅުމެއް މިއަހަރުވެސް އަނިލްވަނީ ދައްކާފައެވެ. ބޮޑު ކުލަބުތަކުން އަނިލްގެ ކުޅުމަށް ބަލައިފިނަމަ ބޮޑެތި އަދަދު ޖަހައިގެން އޭނާގެ ސޮއި އަތުލަން ނޫޅެންވީ ސަބަބެއްނެތެވެ. އެކަމަކު ބޮޑެތި ކުލަބުތަކުން އަނިލްގެ ފަހަތުން ދުވަން ނުކެރޭނެ ސަބަބުވެސް އޭނާ ބުނެއެވެ.

"އަހަރެން ކައިރިއަށް އަންނައިރުވެސް އެނގޭނެ އަހަރެން ވިކްޓްރީ ދޫކޮށްފައި މިހާރު ނުދާނެކަން. އަހަރެންނަކީ ރަތްކުލައިގެ މީހެއްކަން އެމީހުންނަށްވެސް އެނގޭނެ. އެހެންވެ ބޭކާރުކަމެއް ކުރާކަށް ނާންނާނެއެއްނު. ކިތަންމެ ބޮޑު މުސާރައެއް އެހެން ކުލަބަކުން ހުށަހެޅިޔަސް މިހާރު އަހަރެން ވިކްޓްރީ ދޫކޮށްފައެއް ނުދާނަން. ފުޓްބޯޅަ ކުޅުން ހުއްޓާލާނީ ވިކްޓްރީގެ ރަތް ޖާޒީގައި. އަހަރެން ކުލަބުދެކެ ވަރަށް ލޯބިވޭ" އަނިލްގެ ވާހަކަ އެވަރުން ފުރިހަމަ ވެއްޖެދޯއެވެ.


ކްލަބް ވެލެންސިޔާގައި[އުނިއިތުރު ގެންނަވާ]

އަނިލް ބުނާގޮތުގައި ވެލެންސިއާއަށް އޭނާގެ ފުޓްބޯޅައިގެ ހަޔާތުން އެއްއަހަރު ދެވިފައިވާ ކަމީވެސް ތަފާތު ތަޖްރިބާއެކެވެ. ވެލެންސިއާގެ ޖާޒީގައި ނުކުމެ ވިކްޓްރީއާ ދެކޮޅަށް ކުޅުން އޭނާއަށް ވެގެންގޮސްފައިވަނީ އުފަން ދަރިޔަކާ ދެކޮޅަށް ހަނގުރާމައެއްގައި ކުރިމަތިލައިގެން ބަނޑި ހިފައިގެން ނުކުތުން ކަހަލަ ކަމަކަށެވެ. އެހެންވެ ފުޓްބޯޅައިގެ ހަޔާތުގެ ހުރިހާ ސަފްޙާއެއްގައިވެސް ވިކްޓްރީގެ ނަން ލިޔެވުނު ނަމަ މިއަދު އަނިލްއަށް ލިބިފައިވާ އުފާތައް އަދިވެސް ބޮޑުވީހެވެ.


އެބުރިއައުން[އުނިއިތުރު ގެންނަވާ]

އަނިލް އަދިވެސް ކުޅުން ހުއްޓާލާކަށް ބޭނުމެއްނޫނެވެ. ނަމަވެސް މީގެދެއަހަރެއް ކުރިން ކުޅުން ހުއްޓާލިކަން އިއްލާން ކުރިއެވެ. ނަމަވެސް ކުޅުންތެރިންގެ ގޮތުން ވިކްޓްރީއަށް އެއަހަރު ލިބުނު ފަގީރުކަން ފެނިފައި ކެތްނުވެގެން އަނިލް އަނެއްކާވެސް ޖާޒީ ލީއެވެ. އޭނާ ބޭނުންވަނީ އަނިޔާނުވެ ކުޅެވޭނަމަ އުމުރުން 40 އަހަރުވަރު ވަންދެކަށް ވިކްޓްރީއަށް ކުޅޭށެވެ. ކުޑަމޫސަ އާއި އަންދަރޭ ފަދައިން މުސްކުޅި ކުޅުންތެރިޔެއްގެ ގޮތުގައިވެސް މޮޅަށް ކުޅޭށެވެ. ދެންބުނެވޭނީ މިހެންނެވެ. އަނިލްއަކީ ހިތްވަރުގަދަ އަދި ކާމިޔާބާ ރައްޓެހި ކުޅުންތެރިޔެއް ކަމަށެވެ. ދަނޑުމަތީގައިވެސް އަދި ދަނޑުން ބޭރުގައިވެސް އަޚްލާގު ރަނގަޅު ކުޅުންތެރިޔެއް ކަމަށެވެ. އަދި އަންދަރޭ އާއި ކުޑަމޫސަ އާއި މުހައްމަދު ކަލީމް އާއި ދޮންބިލެތުގެ އިތުރުން މާއްޓޭ ފަދައިން ފަހުގެ ކުޅުންތެރިންގެ ތެރެއިން ޝަރަފްވެރި މަގާމެއްގައި ކުޅުން ނިންމާލާނެ ކުޅުންތެރިޔަކަށް ވުމުގެ ފުރުޞަތު އަނިލްއަށް ވަރަށްބޮޑެވެ. އެކަން ކުރެވޭނެކަމުގެ އަލާމާތް މިވަގުތު ފެންނަ ހަމައެކަނި ކުޅުންތެރިޔަކީ އަނިލްއެވެ.

ކުޅެފައިވާ ކްލަބްތައް[އުނިއިތުރު ގެންނަވާ]

  • ވިކްޓްރީ ސްޕޯޓްސް ކްލަބް
  • ކްލަބް ވެލެންސިޔާ

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]