އިލްޔާސް އިބްރާހީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިލްޔާސް އިބްރާހީމް އަކީ ސަރުކާރުގެ ތަފާތު ވަޒީފާތައް އަދާކުރެއްވި ބޭފުޅެކެވެ. އިލްޔާސް އިބްރާހީމް ގެ ބައްޕަ އަކީ ތުޅާދޫ އިބްރާހީމް މަނިކު ދޮންމަނިކު އެވެ. މަންމައަކީ ޙައްވާ އާދަމް (ހިމިތީ ޙައްވާ މަނިކެ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ސެޕްޓެމްބަރު 1945 ގައެވެ. އިލްޔާސް އިބްރާހީމް ތަޢުލީމް ޙާޞިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އިގިރޭސި ބަސް ދެނެވަޑައިގަނެއެވެ. އިބްރާހީމް ނާޞިރުގެ އަރިހުގައި ވަޒީފާ އަދާކުރެއްވި އެވެ. އަދި މިއީ އިބްރާހީމް ނާޞިރުގެ އަރިހުގައި ވަރަށް ގާތްކޮށް ގެންގުޅުއްވި ބޭފުޅެކެވެ. އިބްރާހީމް ނާޞިރު ސޮއިކުރައްވަން ޖެހޭ ބައެއް ލިޔުންތަކުގައި ސޮއިކުރެއްވުމުގެ އިޚްތިޔާރު އިލްޔާސް އިބްރާހީމް އަށް ދެއްވާފައި ވެއެވެ. އަދި އިބްރާހީމް ނާޞިރު އެންމެ އިތުބާރުކުރައްވާ އެއްބޭފުޅާ އެވެ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ފުރަތަމަ ވަޒީފާ ލިބިވަޑައިގަތުމަށްފަހު މެދު ނުކެނޑި އިބްރާހީމް ނާޞިރުގެ އަރިހުގައި މަސައްކަތް ކުރެއްވި ޚިދުމަތްތެރި އެކެވެ. އިލްޔާސް އިބްރާހީމް އަކީ ވަރަށް ހަރަކާތްތެރި ދީލަތި ބޭފުޅެކެވެ. ޢާންމުންނާއި ގުޅުން ބެހެއްޓެވި ބޭފުޅެކެވެ. ހީވާގި މުރާލި ބޭފުޅެކެވެ. އެސްޓީއޯ އާއި ޙަވާލުވެ ހުންނެވި ދުވަސްވަރު ލ.އަތޮޅުގެ ބައެއް ރަށްރަށް އެއްފަސްކޮށް މަގުހެއްދެވިއެވެ. އަދާކުރައްވާ ވަޒީފާގެ ވާޖިބު އަދާކުރެއްވުމަށްޓަކައި، އެއޮފީހުން ހިންގާ މަސައްކަތްތައް އަމިއްލަ ފުޅަށް އެތަންތަނަށް ވަޑައިގެން، ބައްލަވާ ބައެއް ފަހަރު ޢަމަލީ ގޮތުން ބައިވެރިވާ މުރާލި ބޭފުޅެކެވެ. ލ.ކައްދޫ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓް ހެދިއިރު ކުރެއްވި މަސައްކަތް މިހާރު ވެސް އެދެއަތޮޅުގެ މީހުން ފާހަގަ ކުރައްވައެވެ. އިލްޔާސް އިބްރާހީމް އަކީ ރާއްޖޭގައި ރައްޔިތުން މަޖުލީހުގެ މެންބަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި އެއް ބޭފުޅެކެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 11 ނޮވެމްބަރު 1982ން 30 މެއި 1990އަށް : މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީކަން
  • 22 ފެބުރުއަރީ 1990ން 30 މެއި 1990އަށް : މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސްކަން
  • މިނިސްޓްރީ އޮފް ޑިފެންސްގެ ނާއިބުކަން
  • ސިފައިންގެ ވެރިޔާގެ ނާއިބުކަން
  • އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން
  • 27 މާރޗް 1991ން 24 އެޕްރީލް 1993އަށް : މިނިސްޓަރ އޮފް އެޓޯލް އެޑްމިނިސްޓްރޭޝަންކަން
  • 11 ނޮވެމްބަރު 1998 : މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންކަން
  • މިނިސްޓަރ އޮފް ހެލްތުކަން

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006