Jump to content

އިލްހާމް އަލިޔެވް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އިލްހާމް ހޭދަރު އޮގްލޫ އަލިޔެވް (އުފަންތާރީހު 24 ޑިސެމްބަރު 1961) އަކީ 2003 ވަނަ އަހަރުން ފެށިގެން  އަޒަރުބައިޖާން ގެ ރައީސް. އިލްހާމް އަލިޔެވްގެ ކުރިން ރައީސް ކަން ކޮއްފައިވަނީ އޭނާގެ ބައްޕާ، ހޭދަރު އަލިޔެވް. އެއީ 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރަށް. 4 އޮގަސްޓް 2003 ގައި، ރިޔާސީ އިންތިޚާބުގެ 2 މަސް ކުރިން، ހޭދަރު އަލިވެވް ވަރަށް ބަލި ހާލުގައި އިލްހާމް އަލިޔެވް  ބޮޑު ވަޒީރުކަމުގެ މަގާމަށް އައްޔަނު ކުރި.  އެ އަހަރުގެ އޮކްޓޫބަރު މަހުގައި ވަރަށް ފަސޭހަ ކަމާ އެކީ އިލްހާމް އަލިޔެވް ވަނީ ރައީސުލް އިންތިޚާބްެއިން ކާމިޔާބީ ހާސިލްކޮއްފަ. އަދި 31 އޮކްޓޫބަރު 2003 ގައި އައު މަގާމަށް ވަނީ ހުވާކޮއްފަ. އިލްހާމް އަލިޔެވް އަކީ ރައީސްގެ މަގާމުގެ އިތުރުން ނިއު އަޒަރުބައިޖާން ޕާޓީ ނަމަކަށް ކިޔާ ސިޔާސީ ޕާޓީގެ ޒައީމް. 

http://www.president.az/