އިމްރާން މުޙައްމަދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
އިމްރާން މުޙައްމަދު

އަނިޔާގައި ހުއްޓަސް މިވަގުތު އެންމެ ޑިމާންޑް ބޮޑުވެފައިވާ ކުޅުންތެރިޔަކީ ވިކްޓްރީ އާއި ގައުމީޓީމުގެ ގޯލް ބަލަހައްޓަމުން ގޮސްފައިވާ އިމްރާން މުހައްމަދެވެ. އިމްރާން ޑިމާންޑް މިހާބޮޑުވެގެން ދިޔައީ ހަގީގަތުގައިވެސް އިމްރާން މޮޅުވުމުންނެވެ. ނަމަވެސް މިހާރު އިމްރާންގެ ޓްރާންސްފަރގެ ކަންތައް ގޮސްފައިވަނީ ގިނަބަޔަކު ހީކުރިގޮތާ ތަފާތުކޮށެވެ.

ނިއުރޭޑިއަންޓުން އިމްރާނަށް ހުށަހަޅާފައިވަނީ 3 ލައްކަ 50 ހާސް ރުފިޔާ އާއި 2 ކޮޓަރީގެ އެޕާޓްމެންޓެކެވެ. މިހާރު މާލޭގައި ގޯތިގެދޮރުގެ ކުލި އުޅޭގޮތަށް ބަލާއިރު 2 ކޮޓަރީގެ ފެންވަރު ރަނގަޅު އެޕާޓްމެންޓެއްވެސް ލިބެނީ ގާތްގަނޑަކަށް މަހަކު 15 ހާސް ރުފިޔާއަށެވެ. ހަމަގައިމުވެސް މަހަކު 12 ހާސް ރުފިޔާއަށްވުރެ ކުޑަކޮށް ފެންވަރު ރަނގަޅު 2 ކޮޓަރީގެ އެޕާޓްމެންޓެއް ނުލިބޭނެއެވެ. އެހެންވީމާ އެޕާޓްމެންޓުގެ ކުލިވެސް އަހަރަކު 1 ލައްކަ 80 ހާސް ރުފިޔާ ނުވަތަ 1 ލައްކަ 50 ހާސް ރުފިޔާއަށް އަރާނެއެވެ. އެހެންވެއްޖެނަމަ އިމްރާނަށް މަހަކު 5 ލައްކަ ރުފިޔާ ނިއުއިން ޚަރަދު ކުރަންޖެހޭނެކަމަށް ބަލަމާ ހެއްޔެވެ.

ދެންއޮތީ ވިކްޓްރީގެ ވާހަކައެވެ. ވިކްޓްރީން އިމްރާން ބަހައްޓާނެ ކަމަށާއި އިމްރާން ބުނި މުސާރައެއް ދޭނެކަމުގައިވެސް އެބަބުނެއެވެ. އެހެންވެއްޖެނަމަ ކޮންމެގޮތެއްވިޔަސް 5 ލައްކަ ރުފިޔާއަށްވުރެ މައްޗަށް އިމްރާންގެ އަގު އުފުލިގެންދާނެއެވެ. އިމްރާނެ ސޮއި މިފަހަރު ނިއުރޭޑިއަންޓުން ހޯދިޔަސް ނޫނީ ވިކްޓްރީން ހޯދިޔަސް އަހަރަކު އިމްރާނަށް ހޭދަކުރަންޖެހޭ ޚަރަދު 5 ލައްކައަށްވުރެ ކުޑަވުމަކީ ވަރަށް ދުރުކަމެކެވެ. މިކަން މިހެންވެއްޖެނަމަ ކުލަބުތަކުން ހާމަކޮށްފައިވާ އަގުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް އިމްރާން ވެގެންދާނެއެވެ. ނަމަވެސް ނިއުރޭޑިއަންޓުގައި ހުއްޓައި ވީބީއަށް ގެންގޮސްފައިވާ އަލީ އަޝްފާގް (ދަނގަޑޭ) ގެ އަގު 5 ލައްކައަށް ވުރެވެސް މަތިވާނެކަމުގައި ލަފާކުރެވެއެވެ. އެހެންވެ އެންމެ އަގުބޮޑު ކުޅުންތެރިޔަކަށް ވާނީ އިމްރާންތޯ ނޫނީ ދަނގަޑޭތޯ މިއީ އުފެދޭނެ ދުވާލެކެވެ.

ދެންއޮތީ ރާއްޖޭގެ އެންމެމޮޅު ކީޕަރުގެ ސޮއި ހޯދުމުގެ ރޭހުގައި ކުރިހޯދަނީ ނިއުރޭޑިއަންޓްތޯ ނޫނީ ވިކްޓްރީތޯ ބެލުމެވެ. ފަހަރުގައި ތަންކޮޅެއް ލަސްވެސް ވެދާނެއެވެ. ނޫނީ އަވަހަށްވެސް އެކަން އެނގިދާނެއެވެ. ކޮންމެ ޓީމަކަށް އިމްރާންގެ ސޮއި ލިބުނަސް އިމްރާނަށް ކުރަންޖެހޭ ޖުމްލަ ޚަރަދު 5 ލައްކައަށްވުރެ ކުޑަނުވާނެކަން ޔަގީނެވެ.

ކުޅެފައިވާ ކްލަބްތައް[އުނިއިތުރު ގެންނަވާ]

  • ވިކްޓްރީ ސްޕޯޓްސް ކްލަބް

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]