Jump to content

އިމާމުލް އަކުބަރު އަޙުމަދު އައްޠައްޔިބު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަލްއިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު، ޑރ. އަޙުމަދުއް ޠައްޔިބު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 6 ޖެނުއަރީ 1946 ގަ އެވެ. އެއީ 3 ޞަފަރު 1365 އެވެ. ޝައިޚުލް އަޒުހަރުގެ މަޤާމަށް އޭނާ ޢައްޔަންކުރެވުނީ، 19 މާރޗް 2010 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ، ޖާމިޢަތުލް އަޒުހަރުގެ ރައީސްގެ މަޤާމުގަ އެވެ. 28 ސެޕްޓެމްބަރ 2003 އިން ފެށިގެން އެ މަޤާމު އޭނާ ފުރުއްވާފައި ވެއެވެ. އޭގެ ކުރިން އޭނާވަނީ މިޞްރުގެ މުފުތީގެ މަޤާމު ވެސް ފުރުއްވާފަ އެވެ. 10 މާރޗް 2002 އިން 27 ސެޕްޓެމްބަރ 2003 އަށް އެ މަޤާމު އޭނާ ފުރުއްވާފައި ވެ އެވެ.

ޝައިޚުލް އަޒުހަރުގެ މަޤާމަށް، ޑރ. އަޙުމަދު ޠައްޔިބު ޢައްޔަންކުރެއްވުމަށް، މިޞްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކް، ރިޔާސީ ޤަރާރަކުން ނިންމެވީ، 19 މާރޗް 2010 ގަ އެވެ.

ތަޢުލީމީ ފެންވަރު

[އުނިއިތުރު ގެންނަވާ]
  • ލައިސަންސް (މިހާރުގެ ބެޗްލަރސް ޑިގްރީ)، ޢަޤީދާ އާއި ފަލްސަފާގެ ރޮނގުން، ޖާމިޢަތުލް އަޒުހަރު، އަހަރު: 1969
  • މާސްޓަރސް ޑިގްރީ، ޢަޤީދާ އާއި ފަލްސަފާގެ ރޮނގުން، ޖާމިޢަތުލް އަޒުހަރު، އަހަރު: 1971
  • ޕީއެޗްޑީ، ޢަޤީދާ އާއި ފަލްސަފާގެ ރޮނގުން، ޖާމިޢަތުލް އަޒުހަރު، އަހަރު: 1977


އަދާކުރެއްވި ބައެއް މަޤާމުތައް

[އުނިއިތުރު ގެންނަވާ]
  • 19 މާރޗް 2010 އިން ފެށިގެން ޝައިޚުލް އަޒުހަރު.
  • ޖާމިޢަތުލް އަޒުހަރުގެ ރައީސް.
  • މިޞްރުގެ މުފުތީ.
  • ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތު އުޞޫލުއްދީނުގެ ޢަމީދު.
  • ޖާމިޢަތުލް އަޒުހަރުގެ ޢަޤީދާއާއި ފަލްސަފާގެ ޕްރޮފެސަރ.