އިބްރާހީމް ޙަލީމް (ބަނޑިއަލިބޭގެ މެދުސީދީ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްސައްޔިދު އިބްރާހީމް ޙަލީމް(ބަނޑިއަލިބޭގެ މެދުސީދީ) އަކީ ސައްޔިދު ކިލެގެފާނުގެ ޢުމަރު ދޮށީ ސީދީ ގެ ދަރިކަލެކެވެ. މަންމައަކީ ފަށަވާޅު މަނިކެ އެވެ. އިބްރާހީމް ޙަލީމް އަކީ މަދަރުސަތުއް ސަނިއްޔާގެ މުސްކުޅި ދަރިވަރެކެވެ. ދީނީ ޢިލްމާއި ޒަމާނީ ފަންނުގެ އަހުލުވެރިއެކެވެ. ރީތިކޮށް ގުރުއާން ކިޔަވާވިދާޅުވާ އަޑުފުޅު ރީތި ބޭފުޅެކެވެ. އަދި ރޯދި ބަރަކާތަށް ދުޢާވެރިކަމަށް ކިޔެވުމާއި، މަސްވެރިކަމަށް ކިޔަވާ ވިދާޅުވެ އުޅުއްވި ބޭފުޅެކެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 12 ފެބުރުއަރީ 1947 – މާފަންނު ޚަޠީބުކަން
  • 12 ޖުލައި 1954 – މާބަނޑޭރިކަން
  • 1955 – ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 11 ނޮވެމްބަރު 1968 – ޕްރިޒަން ޑިވިޝަންގެ ވަކީލްކަން
  • 4 ޖޫން 1970 – ހެންވޭރު ޚަޠީބުކަން

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006