އިބްރާހީމް ވަޙީދު (އަސްވާޑު)

އިބްރާހީމް ވަޙީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1990ވަނަ އަހަރުގައެވެ. އެ މަނިކުފާނު ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް) ގެ މަޤާމު 2023 ނޮވެންބަރު 17ވަނަ ދުވަހުން ފެށިގެން 2026 އެޕްރީލް 14ވަނަ ދުވަހުގެ ނިޔަލަށް އަދާކުރައްވައިފައެވެ.
އިބްރާހީމް ވަޙީދު މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި، ނޫސްވެރިކަމުގެ ދާއިރާއިންނެވެ. ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަފާތު ތަމްރީނުތައް ފުރިހަމަކުރައްވައިފައިވެއެވެ.
އިބްރާހީމް ވަޙީދަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ވަގުތު ޓީވީގެ އެއް މުއައްސިސެވެ. ސަންގު ޓީވީ ހިންގެވުމުގެ އިތުރުން، ރާއްޖެ ޓީވީއާއި، މިނިވަން ނޫހާއި، ހާމަ ނޫހާއި، ޓީވީ މޯލްޑިވްސްގައި ވެސް ޚިދުމަތްކުރައްވައިފައިވެއެވެ.