Jump to content

އިބްނުއް ނަފީސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިބުނުއްނަފީސް ފުރިހަމަ ނަމަކީ ޢަލާއުއްދީން އަބުލް ޙަސަނުލް ޤަރްޝީ އެވެ. އުފަންވެ ވަޑައިގަތީ ދިމިޝްޤުގައި މީލާދީން 1210 ވަނަ އަހަރު އެވެ. އިބުނުއްނަފީސް ޑޮކްޓަރެކެވެ. އަދި ފިލޯސަފަރެއް ވެސް މެއެވެ. ޢަރަބި ޢިލްމުގައި ވެސް އަރާ ހުންނެވި ބޭކަލެކެވެ. އޭނާ އުގެނި ވަޑައިގަތީ ދިމިޝްޤުގެ ޢިލްމު ވެރިންގެ އަރިއަހުންނެވެ. އެއަށްފަހު މަޝްހޫރު ޢިލްމުވެރިޔާ ޖާލީ ނޫސްގެ ފޮތްތައް ދިރާސާ ކުރެއްވި އެވެ. އިބުނުއްނަފީސް އަކީ ހަށިގަނޑުގެ އެތެރޭގައި ލޭދައުރުވާ ގޮތް ހޯދި ފުރަތަމަ ޢިލްމު ވެރިޔާ އެވެ. ޔޫރަޕްގެ މީހުން މިޝަރަފް ދެނީ އެމީހުންގެ ޢިލްމުވެރިއެއް ކަމުގައިވާ ވިލިއަމް ހާރވޭ އަށެވެ. ނަމަވެސް އޭނާއަށް ވުރެ މާކުރިން އިބުނުއްނަފީސް މިކަންވަނީ ހޯއްދަވާފައެވެ. އިބުނުއްނަފީސް ވަނީ ބޭސްވެރި ކަމުގެ ތަފާތު ރޮގުތަކުގައި ގިނަ ފޮތްތަކެއް ލިޔުއްވައިފައެވެ.