އިހުޒަމާނުގައި ކޮށްއުޅުނު މަސައްކަތްތައް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހހިންނަކީ ޒަމާނުއްސުރެވެސް ވަރަށް މަސައްކަތްތެރި ބަޔެކެވެ.ތިރީގައި މި ހިމަނައިލަނީ މިގޮތުން ކޮށް އުޅުނު ބައެއް މަސައްކަތްތަކާއި މިހާރުވެސް ކުރަމުންދާ ބައެއް މަސައްކަތް ތަކެވެ. މިލިސްޓުގައި ވަކިތަރުތީބެއް ހިފެހެއްޓިފައި ނެތީ މި މައުޟޫޢަށް އެފަދަ ދިރާސާއެއް އަދި ފެނިފައި ނުވާތީއެވެ.

  • މަސްވެރިކަން
  • ދޮށިގެމަސްވެރިކަން
  • ލޭނުއެޅުން
  • ރޮދުބެއްދުން
  • އިހިވެރިކަން
  • ފަރުމަހުގެ މަސްވެރިކަން
  • ހުއިފިލަނޑާ ނެގުން
  • ކަންނެލީގެ މަސްވެރިކަން
  • މިޔަރާ ދިޔުން
  • ލޮނުމަސް އެޅުން
  • މަސް ކައްކައި ހިއްކުމާއި ރިހާކުރު ފަދަ ތަކެތި ހެދުން
  • ދަޅުގައި މަސް ބަންދުކުރުން
  • ދަނޑުވެރިކަން
  • ވިޔަފާރި ކުރުން
  • ކިޔަވައި ދިނުން
  • ކިއްސަރު ވަޑާންކުރުން
  • ތެދުއި ވަޑާންކުރުން
  • ވަޑާން ކަނޑައިނެގުން/ ކުރެހުން އެޅުން
  • ލިޔެ ލާޖެހުން
  • ލާ ފެންކުރުން
  • ތިލޭރުކަން
  • ކަނބުރުވެރިކަން
  • އަތްކަންކުރުން
  • ސުނާރުކަން
  • ފޭރާން ވިޔުން
  • ބަރަނި، އުއި،ސުތުލިގެތުން
  • ފަނުގެ ވިޔުންތައް
  • ފަންގި ވިޔުން
  • ކުނާ ވިޔުން
  • ސަންތިމަރިޔަންބު ވިޔުން
  • ސަޓާ،ތޮށަލި،މުޅި،މުޅޯށި ވިޔުން
  • ރުކުފަތީގެ މަސައްކަތް
  • ރޯނު ވެށުން
  • ރާއެރުން
  • ރައިވެރިކަމުގެ މަސައްކަތްތައް(ރާހުތާއި ހަކުރުގެ ބާވަތްތައް ކެއްކުން)
  • ހިރިގަލުގެ މަސައްކަތް
  • ސިމެންތީގެ މަސައްކަތް
  • ރޭނުން
  • ޙަކީމީ ބޭސްވެރިކަން
  • ރުއްގަލު ބޭސްވެރިކަން
  • ކަންވެރިކަން
  • ގަލު ވަޑާންކުރުން
  • ފެހުމާއި ގެތުން