އިހަވަންދޫ ޑޮޓްކޮމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އިހަވަންދޫ ޑޮޓްކޮމްގެ ލޯގޯ


އިހަވަންދޫ ޑޮޓްކޮމް އަކީ ދިވެހި ބަހުން ނެރެވޭ އޮންލައިން ނޫހެކެވެ.[1]އިހަވަންދޫ ޑޮޓްކޮމްގެ އެޑްރެހަކީ ihavandhoo.com އެވެ.
އިހަވަންދޫ ޑޮޓްކޮމް ހާއްސަ ކޮށްފައިވަނީ އިހަވަންދޫ އާއި ރާއްޖޭގެ ހަބަރާއި މައުލޫމާތު ގެނެސް ދިނުމަށެވެ.

އިހަވަންދޫ ޑޮޓްކޮމް ގެނަމުގައި އެމަޖައްލާ ހިންގަން ފަށާފައިވަނީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

މުސްއޫލު ވެރިޔާ
އަބުދުﷲ ހަމީދު/ ހަސްތީ ހއ.އިހަވަންދޫ
އެޑިޓަރ
ޢަބްދުލްމާނިޢު ޙުސައިން/ އަންބަރީގެ ހއ.އިހަވަންދޫ
 އޮފީސް
ރެޑްސްޓަރ ހއ.އިހަވަންދޫ

މަޖައްލާ ވުޖޫދުވި ގޮތް[އުނިއިތުރު ގެންނަވާ]

އިހަވަންދޫ ޑޮޓްކޮމް ވުޖޫދަށް އައިސްފައި ވަނީ ވަރަށް ގިނަ މަރުޙަލާތަކެއް ކަޑައްތު ކުރުމަށްފަހު އެވެ. ރަށުންބޭރުގައިތިބޭ ރަށުގެ ރައްޔިތުންނަށް ރަށުގައި ހިނގާ ޙާއްސަ ކަންތައްތަކާއި، ރަށުގެ މުޙިއްމު ޚަބަރުތައް އަންގާދެވޭނެފަދަ ގޮތެއް ހަމަޖެހުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި އިހަވަންދޫގެ ޒުވާނުންތަކަކަށް ވިސްނުމުގެ ނަތީޖާ އަކަށްވީ 2006 ވަނަ އަހަރުގެ ތެރޭ އައި އެންޖީގެ ނަމުގައި މޯބައިލް ގުރޫޕެއް އުފެއްދުމެވެ. ޖުމުލަ 3 މީހުން ހިމެނޭ ގުރޫޕަކުން މިމަސައްކަތް ކުރަމުން ދިޔައިރު، އައިއެންޖީއިން ކުރަމުން ދިޔަ މަސައްކަތަކީ، އެކިއެކިކަންކަމުގައި ރަށުން ބޭރުގައި ތިބެންޖެހިފައިވާ ރަށުގެ ރައްޔިތުންގެ ތެރެއިން އައިއެންޖީގެ މެންމްބަރުންނަށް ވާފަރާތްތަކަށް ރަށުގެ މުޙިއްމު ޚަބަރުތައް އަގަކާއި ނުލާ ވަގުތުން ވަގުތައް ފޯރުކޮށްދިނުމެވެ. މިގޮތުން ޚަބަރުތައް ފޮނުވަމުން ގެންދިޔައީ އެސް އެމް އެސްގެ ޒަރިއްޔާއިން ނެވެ. 2006 ވަނަ އަހަރުގެ ނިމުމާއި ހަމަށް އާއިރު އައިއެންޖީގެ ޙިދުމަތް ހޯދަމުންދިޔަ މެމްބަރުންގެ ޢަދަދު 40 އަށްވުރެ މަތިވެގެންދިޔަ އެވެ.

އަދި އެހިސާބުން ނިއުސް އައިއެންޖީ ގެ ނަމުގައި ޕެޕަރޮނިޓީ ނަމަކަށް ކިޔާ ވެބުސައިޓެއްގައި އެކައުންޓެއް ހުޅުވާ ވެޕުސައިޓެއް މެދުވެރިކޮށް އިހަވަންދޫގެ ޚަބަރާއި ފޮޓޯ ހިމަނަން ފެށުނެވެ. މޯބައިލް ފޯނުން އިންޓަރނެޓު މެދުވެރިކޮށް ވަދެވޭ މި ވެޕްސައިޓަށް ވަރަށްބޮޑު ތަރުޙީބެއް ލިބެމުން ދިޔަ އެވެ. 2007 ވަނަ އަހަރުގެ މެދުތެރޭ އައިއެންޖީގެ ވެޕުސައިޓް ރަޝިޔާގެ ވެޕުސައިޓެއްގެ ސަބުޑޮމައިންއަކަށް ބަދަލުކޮށް، ކޮމްޕިއުޓަރާ ރައްޓެހި ގޮތަށް އައިއެންޖީގެ ވެބުސައިޓެއް ހުޅުވުނެވެ. ކުރިން އިނގިރޭސި ބަހުންނާއި ލެޓިން އަކުރުން ޚަބަރުތައް ޕަބުލިޝް ކުރަމުން ދިޔަނަމަވެސް މިފަހަރުގެ ބަދަލާއި އެކު މިސައިޓު މެދުވެރިކޮށް ތާނަ އަކުރުން ލިޔެ ދިވެހި ބަހުން ޚަބަރުތައް ގެނެސްދެމުން ގެންގޮސް 2007 ވަނަ އަހަރު ނިމެންވެފައިވަނިކޮށް ޚަބަރުތައް ހޯދުމުގައި ދިމާވި ދަތިތަކަކާއިހުރެ އައިއެންޖީ ހިންގުން ހުއްޓާލެވުނެވެ.

އަދި 2008 ވަނަ އަހަރު އީއެމްޓީގެ ނަމުގައި އަނެއްކާ ސައިޓް ހިންގަންފެށުނެވެ. މިފަހަރު ސައިޓް ހިންގަންފެށިއިރު ޚަބަރުގެ އިތުރުން ތަފާތު އެކި އެކި ލިޔުންތައް ވެސް ހިމަނަމުން ގޮސްފައި ވާނެ އެވެ. އަދި ފޮޓޯގެލެރީއެއް ސައިޓްގައި ހަދައި، ފޮޓޯ ޝާއިޢުކުރަމުން ގެންދެވުނެވެ. އަދި ސުކޫލު ދަރިވަރުންނަށް އެހީތެރިވުމުގެ ދޮރު ހުޅުވާލުމުގެ ގޮތުން ސައިޓްގައި ދަރިވަރުންނަށް ޙާއްސަ ސަފްޙާއެއް ތައްޔާރުކުރުމާއި އެކު ޅެން، ބަނދި، ވާހަކަ، އާއި މަޢުލޫމާތުގެ ސަފްޙާތައް އިތުރުކޮށް ވެބުސައިޓް ކުރިއަށްގެންދިޔަ އެވެ.

އީއެމްޓި ހިންގަމުން ދިޔަ ސާވާއަށް ކުރިމަތިވަމުންދިޔަ ބައެއް މައްސަލަތަކުގެ ސަބަބުން، ސާވާ ބިޒީވެ ސައިޓަށް ވަންނަމީހުންނަށް ދަތިތަކާ ކުރިމަތިވަމުންދިޔުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، އީ އެމް ޓިގެ ނަމުގައި ކުރިއަށް ދިޔަ ވެބްސައިޓްގެ ފެންވަރު ރަނގަޅުކޮށް ރަށުގެ ނަމާ ގުޅުވައިގެން، އިހަވަންދޫ ޑޮޓްކޮމް ނަމުގައި އަމިއްލަ ވެބުސައިޓެއް ގަތުމަށް އީއެމްޓީގެ ޓީމުން ނިންމުމެވެ. އަދި އިހަވަންދޫ ޑޮޓްކޮމް ނަމުގައި ޑޮމައިން ނަން ގަނެ ރަޖިސްޓްރީ ކުރިއެވެ. މިގޮތުން މިހާރު އިހަވަންދޫ ޑޮޓްކޮމް ނަމުގައި ފެންނަމުން މިދާ ވެބުސައިޓްގައި އައިއެންޖީ އަދި އީއެމްޓީގެ ލިޔުންތަކާއި އެނަމުގައި ޝާއިޢުކޮށްފައިވާ ޚަބަރުތައްވެސް އެބަހުއްޓެވެ. މިހާރު މިފެންނަ ވެބުސައިޓު ވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗާގައި، 2011 މާރޗް 17 އިން ފެށިގެން ރެޖިސްޓްރީން ކުރެވިފައެވެ. މިހާހިސާބުން ވެބުސައިޓް ރަނގަޅުގޮތެއްގައި ހިންގުމަށްޓަކައި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައި ކިޔުންތެރިންނާއި ރަހުމަތްތެރި ގޮތްތަކަށް، ކުރިއަރަމުންދާ ޓެކުނޮލޮޖީ އާއި އެކު ސައިޓުގެ މަލަމަތި ބަދަލުކުރަމުން ގެންދެވުނެވެ.[2]

ޕްލެޓްފޯރމް[އުނިއިތުރު ގެންނަވާ]

އިހަވަންދޫ ޑޮޓްކޮމް މިހާރު ހިންގަމުން ދަނީ ފެހި ހިޔަނީ 3.0 ސީއެމްއެސް ގައެވެ.[3] އެއީ އިހަވަންދޫ ޑޮޓްކޮމް އިން އަމިއްލަޔަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓް މެނޭޖްމެންޓް ސިސްޓަމެކެވެ.

މޯބައިލް ވާޝަން[އުނިއިތުރު ގެންނަވާ]

3 ޑިސެމްބަރު 2013 ވަނަދުވަހު އިހަވަންދޫ ޑޮޓްކޮމްގެ މޯބައިލް ވާޝަން ނެރެވުނެވެ.[4] އިހަވަންދޫ ޑޮޓްކޮމްގެ ފެހިހިޔަނީގެ މޯބައިލް ވާޝަނަކީ ފޯނާއި، ފެބްލެޓާއި، ޓެބްލެޓްތައް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ވާޝަނެކެވެ. މޮބައިލް ވާޝަނުގެ އެޑްރެހަކީ m.ihavandhoo.com އެވެ.

ލެޓިން ވާޝަން[އުނިއިތުރު ގެންނަވާ]

އިހަވަންދޫ ޑޮޓްކޮމްގެ ލަޓިން ވާޝަނަކީ ދިވެހި ފޮންޓް ސަޕޯޓް ނުކުރާ ބްރައުސާތަކަށް ހާއްސަކޮށްފައިވާ ވާޝަނެކެވެ.[5] ލެޓިން ވާޝަނުގެ އެޑްރެހަކީ latin.ihavandhoo.com އެވެ.

  1. http://ihavandhoo.com
  2. "Archive copy". Archived from the original on 1426932939. Retrieved 1433232979.  Check date values in: |access-date=, |archive-date= (help)
  3. "Archive copy". Archived from the original on 1426876649. Retrieved 1433313390.  Check date values in: |access-date=, |archive-date= (help)
  4. "Archive copy". Archived from the original on 1457139311. Retrieved 1433313390.  Check date values in: |access-date=, |archive-date= (help)
  5. "Archive copy". Archived from the original on 1457138228. Retrieved 1433313390.  Check date values in: |access-date=, |archive-date= (help)