އާގްރާ ފޯރޓް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އާގްރާ ފޯރޓް

އާގްރާ ފޯރޓް އަކީ އިންޑިޔާގެ އާގްރާ ގައި ހުންނަ އާޘާރީ ބިނާއެކެވެ. ޔުނެސްކޯގެ ދުނިޔޭގެ އާޘާރީ ތަރިކައިގެ ތެރޭގައި ބެލެވޭ ތަނެއްގެ ގޮތުގައި އާގްރާ ފޯރޓް ހަމެޖެހިގެން ދިޔައީ 1983ވަނަ އަހަރުގައެވެ. އާގްރާ ފޯރޓް ހުންނަނީ ތާޖް މަޙަލްގެ ހުޅަގު އުތުރުން 2.5 ކިލޯ މީޓަރުގެ ދުރުމިނުގައެވެ. މިއީ ވެސް އިންޑިޔާގައި އޮތް ތަފާތު ރަސްކަމުގެ ދުވަސްވަރު ގަނޑުވަރެއްގެ ގެ ގޮތުގައި ބޭނުންކުރެވުނު ތަނެކެވެ. ތަފާތު ދުވަސްވަރު އިންޑިޔާ އަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނާއި، ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ފެންވަރުގެ ބޭފުޅުންނާއި މީހުން މިތަނަށް ޒިޔާރަތްކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.