Jump to content

އާދަމް ރިޗަޑް ސޭންޑްލަރ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އެމެރިކާގެ މުމައްސިލު، ކޮމީޑިއަން، ސްކްރީން ލިޔުންތެރިޔާ، ފިލްމް ޕްރޮޑިއުސަރ އަދި މިއުޒިކީ ފަންނާނު އާދަމް ރިޗަޑް ސޭންޑްލަރ(އިނގިރޭސި ބަހުން Adam Richard Sandler) އުފަންވީ 9 ސެޕްޓެމްބަރ 1966 ގައެވެ. އާދަނު ހޮލީވުޑްގެ ގިނަ ފިލުމުތަކެއް ކުޅެފައިވެއެވެ. އަދި ބޮކްސް އޮފީހުގައި ޖުމުލަ 2$ ބިލިއަން ހޯދައިފައިވެއެވެ. މީނާ ފާހަގަވެފައި ވަނީ މަޖާ އެކްޓަރެއްގެ ގޮތައެވެ. އޭނާ ކޮމީޑިއަނަކަށް ވުމުގެ ފުރަތަމަ ފިޔަވަޅުކަމުގައި ވި ބޮސްޓޮން ކޮމިޑީ ކްލަބުގެ ސްޓޭޖަށް ފުރަތަމަ އެރީ އުމުރުން 17 އަހަރުގައެވެ. އޭގެ ފަހުން ޓީވީ ކޮމެޑީ ޝޯތަކުން ފުރުސަތުލިބި، ފިލްމުތަކުން ފުރުސަތު ދޭން ފެށީއެވެ. އަދި 1991 ވަނަ އަހަރު ނިއުޔޯކް ޔުނިވަރސިޓީގައި ފައިން އާރޓްސް ގެ ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދިޔަ ދުވަސްވަރު ޔުނިވަރސިޓީ ގައި އޭނާގެ ކިބައިގައި ހުރި މި ހުނަރު އިތުރަށް ތަރައްގީކުރަމުން ދިޔައެވެ.

އާދަމް ސޭންޑްލަރ އުފަންވީ 1966 ވަނަ އަހަރު ނިއުޔޯކުގެ ބްރޫކްލިން ގައެވެ. މަންމަ އަކީ ނާސަރީ ޓީޗަރ ޖުޑިތް އެވެ. ބައްޕަ އަކީ އިލެކްޓްރިކަލް އިންޖީނިއަރު ސްޓޭންލީ ސޭންޑްލަރ އެވެ. ދެފަރާތުގެ އާއިލާގެ ނަސަބު ނިސްބަތްވަނީ ރަޝިޔާއިން ހިޖުރަކުރި ޔަހޫދީ ދަރިކޮޅަށެވެ. އޭނާ ޅަފަތުގައި އުޅުނީ މެންޗެސްޓަރ ގައެވެ. އަދި ކިޔެވީ މަންޗެސްޓަރ ސެންޓްރަލް ހައި ސްކޫލުންނެވެ. ފުރާވަރުގައި އޭނާއަކީ އޭނާ ޔަހޫދީ ހަރަކާތްތަކުގައި ޒުވާނުން ބައިވެރި ކުރުމަށް ހިންގުނު ހަރަކާތުގެ ބައިވެރިއެކެވެ. އަދި މަތީ ދަސްވެނިވީ ނިއުޔޯކް ޔުނިވަރސިޓީގެ ތީޝް ސްކޫލް އޮފް އާރްޓްސް އިންނެވެ.