އާދަމް ނަޞީރު އިބްރާހީމް
އާދަމް ނަޞީރު އިބްރާހީމް | |
|---|---|
އާދަމް ނަޞީރު އިބްރާހީމް، 2023 | |
| ދިވެހިބަހާއި ޘަޤާފާތާއި ތަރިކައާ ބެހޭ ވަޒީރު | |
މަޤާމާ ހަވާލުވެވަޑައިގަތީ 17 ނޮވެންބަރު 2023 | |
| ރައީސް | މުޙައްމަދު މުޢިއްޒު |
| ކުރިން ހުންނެވީ | ޔުމްނާ މައުމޫން |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | ތޮއްޑޫ (އއ. އަތޮޅު)، ދިވެހިރާއްޖެ |
| ޤައުމިއްޔަތު | ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) |
| މަތީތަޢުލީމު | މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ |
| ވެބްސައިޓް | adamnaseeribrahim.com |
ނަޞީރު އިބްރާހީމަކީ ބަހަވީ ފަންނުތަކާ، ޅެންވެރިކަމާ، ލިޔުންތެރިކަމާ، ވާހަކަދެއްކުންތެރިކަން އުނގަންނައިދެއްވުމުގައި ޤައުމީ ޚިދުމަތްތެރިއެކެވެ. ތާރީޚީ އަދަބީ އަދި ޘަޤާފީ ލިޔުންތަކާ ދިރާސާތައް ދަނީ ކުރައްވަމުނެވެ. އެމަނިކުފާނަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ފުލުހުންގެ ކޮންސަލްޓަންޓެއްގެ މަގާމާ، ބަސްކޮމެޓީގެ މެންބަރުކަމުގެ މަގާމު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައިވެއެވެ. އާދަމް ނަޞީރު އިބްރާހީމް މިހާރު ހުންނެވީ ދިވެހިބަހާއި ޘަޤާފާތާއި ތަރިކައާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް) ގެ މަޤާމުގައެވެ.
އާދަމް ނަޞީރު އިބްރާހީމަކީ ދިވެހިރާއްޖޭގެ މަޝްހޫރު ޝާޢިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޅެންވެރިކަމުގެ ދާއިރާއަށް އާދަމް ނަޞީރު ޢަމަލީގޮތުން ވެދެވަޑައިގަތީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން 1998ވަނަ އަހަރުގެ ފަހުކޮޅު ހިންގެވި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސް ފުރިހަމަކުރެއްވި ހިސާބުން ފެށިގެންނެވެ. އާދަމް ނަޞީރަކީ، ތަފާތު އެތައް މައުޟޫޢަކަށް ޅެންހައްދަވާފައިވާ ބޭފުޅެކެވެ. މިގޮތުން، ދީނީޅެން، ޤައުމީޅެން، ކުޑަކުދިންނާ ގުޅޭ ޅެން، މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅޭ ޅެންތަކާއި، އެކިއެކި މުނާސަބަތުތަކާގުޅޭ ޅެންތައް އޭނާ ހައްދަވައިފައިވެއެވެ. އާދަމް ނަޞީރުގެ ޅެން ހިމެނޭ ޅެން ފޮތެއް [ނަޞީރުގެ ވިންދު – 1]ގެ ނަމުގައި 2011ވަނަ އަހަރު ވަނީ ނެރުއްވައިފައެވެ.
އާދަމް ނަޞީރު މިހާތަނަށް ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން ޢާންމުންގެ މަޤްބޫލުކަން އެންމެ ބޮޑަށް ލިބިގެންދިޔަ ޅެންތަކުގެ ތެރެއިން އެއް ޅެމަކީ، [ނަފްސު] އަލްބަމަށް ހެއްދެވި ޅެމެއް ކަމަށްވާ [ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން، ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ] މި ޅެމެވެ.
ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދްމަތް ކުރުމުގެ ރޮނގުން 2007ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު އާދަމް ނަޞީރު ވަނީ، ޙާޞިލުކުރައްވައިފައެވެ. އަދި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން 2012ވަނަ އަހަރު ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވެސް އާދަމް ނަޞީރަށް ލިބިވަޑައިގެންފައިވެއެވެ.