Jump to content

އަޙްމަދު ޝިޔާމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަޙްމަދު ޝިޔާމް

އަޙްމަދު ޝިޔާމަކީ ދިވެހިރާއްޖޭގެ މިހާރުގެ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް) އެވެ.

އަޙްމަދު ޝިޔާމް ވަނީ ޑިޕްލޮމަސީ އާއި ވޯލްޑް އެފެއާޒްގެ ދާއިރާއިން ސްރީލަންކާގައި ހުންނަ ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ޑިޕްލޮމާ ޙާޞިލުކުރައްވައިފައެވެ. އަދި ސްރީލަންކާގައި ސްޓްރެޓެޖިކް މެނޭޖްމަންޓާއި ލީޑަރޝިޕްގެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ޙާޞިލުކުރެއްވިއެވެ. މާސްޓާރސް އޮފް ބިޒްންސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރެއްވީ ޖަޕާނުގެ އޮސާކާގެ ނަގޯޔާ ޔުނިވަރސިޓީ އޮފް ކޮމާރސް އެންޑް ބިޒްނަސް (އެން.ޔޫ.ސީ.ބީ) އިންނެވެ.

2014 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރެވެ. ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގައި އެމަނިކުފާނުވަނީ ޚިދުމަތްކުރައްވައިފައެވެ. އަދި އެ މަނިކުފާނަކީ ޕްރޮފެޝަނަލް ސްކޫބާރ ޑައިވިންގ އިންސްޓްރަކްޓަރެކެވެ.