އަޙްމަދު އުޝާމް
Appearance
އަޙްމަދު އުޝާމް | |
|---|---|
| ބަންޑާރަ ނާއިބު (އެޓަރނީ ޖެނެރަލް) | |
މަޤާމާ ހަވާލުވެވަޑައިގަތީ 17 ނޮވެންބަރު 2023 | |
| ރައީސް | މުޙައްމަދު މުޢިއްޒު |
| ނިންމާލައްވަނީ | އިބްރާހީމް ރިފްޢަތު |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުންގެ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 28 މޭ 2019 – 17 ނޮވެންބަރު 2023 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ކުރިން ހުންނެވީ | އަޙްމަދު ނިހާން ޙުސައިން މަނިކު |
| ފަހުން ވަޑައިގަތީ | މުޙައްމަދު އިސްމާޢީލް |
| ދާއިރާ | ވިލިމާލެ ދާއިރާ |
| ޑެޕިއުޓީ އެޓަރނީ ޖެނެރަލް | |
މަޤާމުގައި 15 އޮގަސްޓު 2013 – 3 ޖަނަވަރީ 2019 | |
| ރައީސް | ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިބްރާހީމް މުޙައްމަދު ޞާލިޙް |
| ކުރިން ހުންނެވީ | ޢާއިޝަތު ބިޝާމް |
| ފަހުން ވަޑައިގަތީ | ޚަދީޖާ ޝަބީން |
| ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް | |
މަޤާމުގައި 15 ނޮވެންބަރު 2011 – 15 އޮގަސްޓު 2013 | |
| ރައީސް | މުޙައްމަދު ނަޝީދު |
| ކުރިން ހުންނެވީ | ޢާއިޝަތު ބިޝާމް |
| ފަހުން ވަޑައިގަތީ | |
| ސިޔާސީ ޕާޓީ | މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) |
| ތަޢުލީމް | މަޖީދިއްޔާ ސްކޫލް، މާލެ، ދިވެހިރާއްޖެ |
| މަތީތަޢުލީމު | ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް |
އަޙްމަދު އުޝާމަކީ ދިވެހިރާއްޖޭގެ މިހާރުގެ ބަންޑާރަ ނާއިބު (އެޓަރނީ ޖެނެރަލް) އެވެ.
އަޙްމަދު އުޝާމަކީ، ޤާނޫނީ ދާއިރާ އާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން، މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި މަތީ ތަޢުލީމް ޙާޞިލްކުރައްވައިފައިވާ ބޭފުޅެކެވެ.
އެ މަނިކުފާނު ވަނީ ބަންޑާރަ ނާއިބުގެ އޮފީހުގެ އެކި މަޤާމުތަކުގައި 10 އަހަރު ދުވަހު ޚިދުމަތްކުރައްވައިފައެވެ. އެ ގޮތުން، ޑެޕިއުޓީ ސްޓޭޓް އެޓަރނީކަމާ، ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްކަމާ، ޑެޕިއުޓީ އެޓަރނީ ޖެނެރަލްކަމުގެ މަޤާމު ވެސް އަދާކުރައްވައިފައިވެއެވެ. އަދި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރުކަން ވެސް އެ މަނިކުފާނުވަނީ ކުރައްވައިފައެވެ.
ބަންޑާރަ ނާއިބުގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ވެސް އަޙްމަދު އުޝާމް ކުރައްވަމުންގެންދަވައެވެ.