އަޙުމަދު ޙަމީދު ފަހުމީ
އަލްފާޟިލް އަޙުމަދު ޙަމީދު ފަހުމީ އަކީ ދިވެހި ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ބައްޕައަކީ ފަޟީލަތުއް ޝައިޚުލް އިސްލާމް ޢަބުދުﷲ ޖަލާލުއްދީން އަލްއަޒްހަރީ އެވެ. މަންމައަކީ ރުޤިއްޔާ ޙުސައިން އެވެ. އުފަންވެ ވަޑައިގަތީ 24 ނޮވެމްބަރު 1941 ގައެވެ. އަހުމަދު ފަހުމީ ފުރަތަމަ ކިޔަވާ ވިދާޅުވީ ބައްޕަ ޢަބުދުﷲ ޖަލާލުއްދީންގެ އަރިހުންނެވެ. އޭގެ ފަހުން މަޖީދިއްޔާ ސްކޫލް އިން ކިޔަވާ ވިދާޅުވިއެވެ. އަދި ސާނަވީ ތަޢުލީމް ނިމުނުކަމުގެ ސެޓްފިކެޓް ހާޞިލްކޮށްފައި ވެއެވެ. އޭނާ އަކީ ޤާޟީކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، ނިޔާ ކަނޑައެޅުމުގެ ސަނަދު ޙާޞިލްކުރައްވައިގެން، ޤާޟީކަމާއި ހައިކޯޓްގެ ފަނޑިޔާރުކަން ވެސް ކުރެއްވި ޢިލްމުވެރި ބޭފުޅެކެވެ. ޢަރަބި، އުރުދޫ ބަސް ދެނެވަޑައިގަންނަވައެވެ. ގާނޫނީ ގޮތުންނާއި ފިގުހު ޢިލްމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ފުރުއްވި މަގާމްތައް
[އުނިއިތުރު ގެންނަވާ]- ވުޒާރަތުލް މާލިއްޔާގެ ކާތިބުކަން
- މާލޭ މިސްކިތްތަކުގައި ހުކުރުކުރުން
- ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަޖުލީހަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން
- ދިވެހިރާއްޖޭގެ ލޯކޮމިޝަންގެ މެންބަރުކަން
- މަދަރުސަތުލް ޙަމީދިއްޔާގެ މުދައްރިސްކަން
- މަޙްކަމަތުއް ޝަރުޢިއްޔާގެ ދަސްކުރާ ޤާޟީކަން
- ޒަކާތާއި ބެހޭ ކޮމިޓީގެ މެންބަރުކަން
- ރައްޔިތުން މަޖުލީހުގެ ނ.އަތޮޅުގެ މެންބަރުކަން
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިމްތިޙާން ކޮމިޓީގެ މެންބަރުކަން
- މާލޭ ޚަޠީބުކަން
- ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރަޔަލްސް ޑިވިޝަންގެ ޤާޟީކަން
- ގއ. އަތޮޅުވެރިކަން
- ކޯޓް ނަމްބަރު 1 ގެ ޤާޟީކަން
- މަޖީދީ ކުތުބުޚާނާގެ އިންތިޒާމް ސެކެޓްރީކަން
- ކޯޓް ނަންބަރު 8 ގެ ޤާޟީކަން
- ރައްޔިތުން މަޖުލީހުގެ ގއ.އަތޮޅުގެ މެންބަރުކަން
- ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުކަން
- ޝަރީޢަތާ ބެހޭގޮތުން ރައީސް އަށްލަފާދޭ ކޮމިޓީގެ މެންބަރުކަން
- ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން
- ދިވެހިރާއްޖޭގެ ހައިކޯޓްގެ އިސްފަނޑިޔާރުކަން
- އެޓާރނީ ޖެނެރަލްގެ ނާއިބުކަން
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006