އަލްޒައިމާ ބަލި
Appearance
އަލްޒައިމާ ބަލި (އިނގިރޭސި ބަހުން: Alzeimer's Disease) އަކީ ސިކުނޑިގެ ހަދާނާއި ބެހޭ ބަޔަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ސިކުނޑީގައިވާ ހަދާނާއި ބެހޭ މަރުކަޒަށް އަސަރުކޮށް، ހަދާން ހުރުމަށް ބަދަލު އައިސް ވިސްނުމަށް ބަދަލު ގެނުވައެވެ. ގިނަ ޢިލްމުވެރިން އެއްބަސްވާ ގޮތުގައި އެޕޯލިޕޯޕްރޮޓީން-އީ އުފެއްދުން އިތުރުވުން، ނުވަތަ އެޕްރޮޓީން ސިކުނޑީގައި ޖަމާވުމަކީ އަލްޒައިމާ ބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ. މިބުނި ޕްރޮޓީންގެ ބޭނުމަކީ ލޭގެ ކޮލެސްޓްރޯލް ދައުރުވުމަށް އެހީތެރިވުމެވެ. މިޕްރޮޓީން ކޮންމެ މީހެއްގެ ހަށިގަނޑު ގައި ވެސް ހުރެއެވެ. ނަމަވެސް މިޕްރޮޓީންގެ އަލްޒައިމާ ބަލި ޖައްސާ ވައްތަރުގެ ޕްރޮޓީން ހުންނަނީ އާބާދީގެ 15 އިންސައްތަ މީހުންގެ ހަށިގަނޑުގައެވެ. މިޕްރޮޓީންތައް ޖަމާވުމުން ސިކުނޑީގައި ހުންނަ ސެލްތައް ހަލާކުކޮށްލައެވެ.